ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަން ކޮންސަލްޓަންޓުން ހޯދަނީ

ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ރައްޔިތުން ދަތުރު ދިއުމަށް ހާއްސަ ރަށެއް ތަރައްގީ ކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވެ އެވެ.

ކުޑަގިރި ޕިކްނިކް އައިލެންޑް. --ފޮޓޯ: އެޗްޑީސީ

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ދަތުރުދާނެ ރަށެއް ތަރައްގީކުރަން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ސޯޝަލް އެންޑް ޕެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން އިއުލާނެއް ކޮށްފި އެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގެ ރައްޔިތުން ދަތުރު ދިއުމަށް ހާއްސަ ރަށެއް ތަރައްގީ ކުރަން ނިންމަވާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވެ އެވެ.

މި މަސައްކަތް ބަލަހައްޓާ ސޯޝަލް އެންޑް ޕެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދަތުރު ދިއުމަށް ހާއްސަ ރަށެއް ތަރައްގީ ކުރުމަށް ސަރުކާރުން ހިންގާ "ޕިކްނިކް އައިލެންޑް ޑިވެލޮޕްމެންޓް ޕްރޮޖެކްޓް"އަށް ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތުގެ ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ 14:00ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ކުރަންވާނެ ކަމަށް އެ އިއުލާނުގައިވެ އެވެ. އަދި މިމަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 10:00 ޖެހުމާ ހަމައަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ރައީސް މީގެ ކުރިން ވިދާޅުވެފައިވަނީ ކޮންމެ އަތޮޅެއްގައި ދަތުރުދާނެ ރަށެއް ތަރައްގީކޮށްފައި އޮތުމަކީ ޓޫރިޒަމަށްވެސް ފައިދާ ހުރި ކަމެއް ކަމަށެވެ. އަދި ރައްޔިތުން ހިތްހަމަޖެހިލާ، އާއިލާއާއެކު ދަތުރުދާނެ ސަރަޙައްދުތަކެއް ނެތްކަމުގެ ކަންބޮޑުވުން ރައްޔިތުން ހިއްސާކުރަމުންދާ ކަމަށާއި، އެ މަސައްކަތަށް ބޭނުންވާ ދިރާސާތައް ކުރަމުންދާ ކަމަށް އޭރު އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.