އުވާލަން އުޅުނު ޑިމޮކްރެޓްސްއިން ކައުންސިލް އިންތިހާބަށް ނުކުންނަނީ

އަދި، ޑިމޮކެރްޓްސްގެ ނަމުގައި އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ކެންޑިޑެސީ ހުށަހެޅުމުން، އެ ކެންޑިޑޭޓަކު އެ ޕާޓީން އެންޑޯޒްކޮށްދޭނެ ކަމަށް އެޕާޓީންބުނެފައިވެ އެވެ.

ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒް ފަހުމީ --

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސްއިން ވާދަކުރަން ނިންމައިފި އެވެ.

ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ އިންޓެރިމް ކޮމިޓީއިން އިލެކްޝަންސް ކޮމިޝަނާ ބައްދަލުކޮށް، މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ޑިމޮކްރެޓްސްގެ ޓިކެޓުގައި ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އެޕާޓީން ބުންޏެވެ.

އަދި، ޑިމޮކެރްޓްސްގެ ނަމުގައި އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ޕޯޓަލް މެދުވެރިކޮށް ކެންޑިޑެސީ ހުށަހެޅުމުން، އެ ކެންޑިޑޭޓަކު އެ ޕާޓީން އެންޑޯޒްކޮށްދޭނެ ކަމަށް އެޕާޓީންބުނެފައިވެ އެވެ.

ކައުންސިލް އިންތިހާބުގައި ޑިމޮކްރެޓްސްއިން ވާދަކުރަން ނިންމިއިރު، އެ ޕާޓީ އުވާލުމަށް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އޮތީ ނިންމާފަ އެވެ. ޕާޓީ އުވައިލުމަށް އޭރު ގަރާރެއްވެސް ފާސްކުރި އެވެ. އަދި ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން އެ ޕާޓީގައި އިސްކޮށް އުޅުއްވި ގިނަ ބޭފުޅުން ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

ޑިމޮކްރެޓްސްއިން ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބުގައިވެސް ވާދަކޮށްފަ އެވެ. ނަމަވެސް ކާމިޔާބެއް ނުލިބެ އެވެ. މަޖިލީސް އިންތިހާބުގައިވެސް އެންމެ ގޮނޑިއެއްވެސް ކާނިޔާބެއް ނުވެ އެވެ.

ކުރިއަށް އޮތް ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް މިދިޔަ އާދީއްތަ ދުވަހު ހުޅުވާލާފައިވާއިރު، އެޕްލިކޭޝަން ހުށަހެޅޭނީ ފެބްރުއަރީ 1 ވަނަ ދުވަހުގެ 3:30 ގެ ނިޔަލަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.