ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް 700 އަށްވުރެ ގިނަ ޝަކުވާ

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދަށް ހަމަވެފައިވާއިރު، ޖުމްލަ 779 ޝަކުވާ ލިބިފައިވާ ކަމަށް އީސީން ބުންޏެވެ.

އިންތިހާބެއްގައި ބަޔަކު ވޯޓްލާން ނުކުމެ ވޯޓް ލަނީ -- އީސީ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވޯޓާސް ލިސްޓަށް 700 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ އެ ދެ އިންތިހާބުގެ ވޯޓާސް ލިސްޓު އާންމުކުރީ މިމަހުގެ އަށްވަނަ ދުވަހު އެވެ. އެ ލިސްޓުގައިވާ ގޮތުން ވޯޓު ދިނުމުގެ ހައްގު 294,937 މީހަކަށް ލިބެ އެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދަށް ހަމަވެފައިވާއިރު، ޖުމްލަ 779 ޝަކުވާ ލިބިފައިވާ ކަމަށް އީސީން ބުންޏެވެ.

އީސީން ބުނީ ވޯޓާސް ލިސްޓަށް މައުގަނޑު ގޮތެއްގައި ލިބިފައިވަނީ ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމާއި، ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން ރަޖިސްޓަރީއިން އުނިކުރުމުގެ ޝަކުވާތައް ކަމަށެވެ.

ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ވަނީ ހުޅުވައިލައިފަ އެވެ. އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު، އަންނަ މަހުގެ އެއް ވަނަ ދުވަހުގެ މެންދުރު 3:30 އާ ހަމައަށް އޮންނާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.