އައިޖީއެމްއެޗްގައި ހުމާއި ރޯގާއަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި

އައިޖީއެމްއެޗުން މިއަދު ބުނީ ހުމާއި އަރިދަފުސް ރޯގާ ޖެހިފައިވާ މީހުން ޑޮކްޓަރަށް ދެއްކުމާއި ލޭ ނެގުމުގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް އެ ކްލިނިކުން ލިބޭނެ ކަމަށެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް --

ހުމާއި އަރިދަފުސް ރޯގާ ހާއްސަކޮށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހުޅުވައިފި އެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ ހުމާއި އަރިދަފުސް ރޯގާ ޖެހިފައިވާ މީހުން ޑޮކްޓަރަށް ދެއްކުމާއި ލޭ ނެގުމުގެ ހިދުމަތް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް އެ ކްލިނިކުން ލިބޭނެ ކަމަށެވެ.

ކްލިނިކް ހުންނާނީ އައިޖީއެމްއެޗް އެތެރޭގައި ހުންނަ ލުއި ބުއިމާ ޖެހިގެން ހުންނަ ކޮންސަލްޓޭޝަން ރޫމް 10ގަ އެވެ.

އައިޖީއެމްއެޗުން ބުނީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން އަންނަ މީހުން އެންމެ ފުރަތަމަ ދާން ޖެހޭނީ އީއާރްގައި ހުންނަ ޓްރައިޖަށް ކަމަށެވެ. އެތަނަށް ގޮސް، ކިއުބީ ޓޯކެން ސިިސްޓަމްއިން ފުލޫ ކުލިނިކުގެ ޓޯކެން ނަމްބަރެއް ނެގުމުން ފުލޫ ކްލިނިކަށް ނުވަތަ އިމަޖެންސީ ރޫމަށް ދިނުމަށް ޓްރައޭޖުން އިރުޝާދު ދޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މިދުވަސްވަރަކީ މާލެތެރެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ހުމާއި ރޯގާ ޖެހޭ މިންވަރު އިތުރުވެފައިވާ ދުވަސްވަރެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.