56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި

ތިން ބުރަކަށް ބަހާލައިގެން އެމްޕީއެލް އިން ވަނީ މި މަހުގެ ތެރޭގައި ހުރިހާ އެމްބިއުލަންސް ރާއްޖެއަށް ގެނެސްފަ އެވެ. މި އެމްބިއުލާންސްތަކުގެ އަގު 65.3 މިލިއަން ރުފިޔާއަށް އަރަ އެވެ.

އެމްބިއުލާންސް ހަވާލުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

އަތޮޅުތެރޭގެ 56 ރަށަކަށް ބޭނުންވާ އާ އެމްބިއުލާންސް ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިއީ އަތޮޅުތެރޭގެ ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި އަލަށް ހޯދާ އެމްބިއުލާންސް ތަކެއް ކަމަށެވެ.

މިވަގުތު އެމްބިއުލަންސްގެ ހިދުމަތް މެދުކެނޑިފައިވާ ރަށްތައް ފާހަގަކޮށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 56 އެމްބިއުލާންސް ގެނައުމަށް އެމްޕީއެލްއާ ހަވާލުކުރީ މިދިޔަ އަހަރު އެވެ.

ތިން ބުރަކަށް ބަހާލައިގެން އެމްޕީއެލް އިން ވަނީ މި މަހުގެ ތެރޭގައި ހުރިހާ އެމްބިއުލަންސް ރާއްޖެއަށް ގެނެސްފަ އެވެ. މި އެމްބިއުލާންސްތަކުގެ އަގު 65.3 މިލިއަން ރުފިޔާއަށް އަރަ އެވެ.

އެމްބިއުލާންސް ހަވާލުކުރުމަށް ރޭ ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފަ އެވެ. އެމްބިއުލާންސްތައް ހަވާލުކޮށްދެއްވާފައިވަނީ މިނިސްޓަރު އަބްދުﷲ ނާޒިމް އެވެ.

މިނިސްޓްރީން ބުނީ މި އެމްބިއުލާންސްތަކުގެ އިތުރަށް މިއަހަރުގެ ތެރޭގައި އިތުރު 31 ރަށަކަށް ބޭނުންވާ އާ އެމްބިއުލާންސްތަކަކާއި، ގްރޭޓާ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ހިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެސްގެން އެ ހިދުމަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ދެމެހެއްޓެނިވި ގޮތުގައި އެމްބިއުލަންސްގެ ހިދުމަތް ފޯރުކޮށްދިނުމަކީ އަދުގެ ސަރުކާރުގެ މުހިއްމު އަމާޒެއް،" ހެލްތު މިނިސްޓްރީން ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.