މި ރިސޯޓު ޕަލްސް ހޮޓެލްސް އިން ތަރައްގީކޮށްފައިވަނީ މަޝްހޫރު ހޮޓެލް ޗެއިން އެއް ކަމަށްވާ ޖުމެއިރާ ގްރޫޕުންގެ އަތުން ގަނެގެންނެވެ. މި ރިސޯޓުގައި 110 ކޮޓަރި ހުރެ އެވެ.

ޒަމާނީ ތިމާވެއްޓާ ރަހުމަތްތެރިކޮށް ތަރައްގީކޮށްފައިވާ ރިސޯޓެއް ކަމަށްވާ "އެރީ މޯލްޑިވްސް" ރަސްމީކޮށް ހުޅުވައިފިއެވެ.
ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސްގެ މި އައު ރިސޯޓަކީ ތިމާވެއްޓަށް ލޯބިކުރާ އަދި ހިތްފަސޭހަ ދިރިއުޅުމަކަށް ލޯބިކުރާ ފަތުރުވެރިންނަށް ހާއްސަކޮށްގެމް ފަރުމާކޮށްފައިވާ ތަނެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ލޯންޗެއްގައި އެންމެ 45 މިނެޓުން ދެވޭ ރާސާގައި މާލެ އަތޮޅުގައި ތަަރައްގީ ކުރި މި ރިސޯޓަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ރަށެކެވެ. ރަށުގެ ގޮނޑުދޮށާ ވަރަށް ކައިރިން މުއްސަނދި ފަރުގެ ދިރުންތައް ފެންނަން އޮތުމަކީ މި ރިސޯޓަށް ލިބިފައިވާ ބޮޑު މުއްސަނދިކަމެކެވެ. މި ރިސޯޓް ތަރައްގީކޮށްފައިވަނީ ހަތަރު ބާވަތެއްގެ ކޮޓަރި ހިމެނޭ ގޮތަށެވެ. މިއީ ޖުމްލަ 110 ކޮޓަރީގެ ރިސޯޓެކެވެ.
ޕަލްސް ހޮޓެލްސްގެ ސީއޯއޯ ފްރެޑެރިކް ބްރޮހޭޒް ވިދާޅުވެގައިވާ ގޮތުގައި އެރީ މޯލްޑިވްސް އަކީ ހަމައެކަނި ރިސޯޓެއް ނޫން ކަމަށާއި މިއީ ފަރުމާއާއި އިޖުތިމާއީ ގުޅުމާއި ދުޅަހެޔޮކަން އެކުލެވިގެންވާ ތިމާވެއްޓާ ރައްޓެހި ދިރިއުޅުމެއް ތަޖުރިބާކޮށްލަން ލިބޭ ރަނގަޅު ފުރުސަތަކަށް ވެގެންދާނެ އެވެ.
މި ރިސޯޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ރަހަތައް ލިބޭ "ސޯލް ކިޗަން" އާއި އަތިރިމަތީގެ ހިތްގައިމު މާހައުލުގައި ކެވޭ "ބީޗް ޝެކް" ގެ ހިދުމަތް ވެސް ލިބެ އެވެ. މީގެ އިތުރުން ޔޫރޯ-ޑައިވަސްެ ފަސް ތަރީގެ ސްޓާ ޕޭޑީ ޑައިވް ސެންޓަރެއް ހިމެނެ އެވެ. މިތަނުން 30 އަށްވުރެ ގިނަ ޑައިވް ސައިޓްތަކަށް ދަތުރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ފުރިހަމަ އެސްކޭޕް ސްޕާގެ ހިދުމަތް ވެސް ލިބޭނެ އެވެ. މިއީ ހަށިގަނޑާއި ހިތަށް އަރާމުދޭ ތަފާތު ފަރުވާތައް ހިމެނޭ ތަނެކެވެ.
މި ރަށަކީ ކުރިން "ލަކްސް ނޯތު މާލެ އަތޮޅު" އޭގެ ފަހުން "ޖުމެއިރާ އޮޅަހަލި އައިލެންޑް" ގެ ގޮތުގައި ހިންގި ރަށެވެ.