މިނިސްޓަރު މުއްތަލިބާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކޮށްދިނުމަށްއެދި ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މިނިވަން މެންބަރު، އަންދުއްރަހްމާން އެވެ.

ސަރުކާރުން އައްޑޫ ސިޓީގައި ކުރިއަށްގެންދަން ނިންމާފައިވާ އެއްވެސް މަޝްރޫއެއް ކުރިއަށް ނުދަނީ ކައުންސިލާއި މަޖިލީސް މެންބަރުން އެއްބާރުލުން ނުދޭތީތޯ ސުވާލުކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފި އެވެ.
މިނިސްޓަރު މުއްތަލިބާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކޮށްދިނުމަށްއެދި ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މިނިވަން މެންބަރު، އަންދުއްރަހްމާން އެވެ.
އޭނާ ހުށަހެޅުއްވި ސުވާލުގައި ވަނީ؛
"އިއްޔެ ރައްޔިތުންނާއިއެކު އަޅުގަނޑު ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ވަޒީރާއީ ކުރަން އަޅުގަނޑުކައިރީ އެދުނު ސުވާލު. މި ސުވާލު އަޅުގަނޑު ވާނީ މިހާރު މަޖިލީހަށް ފޮނުވާފައި،" އަބްދުއްރަހްމާން މިއަދު ސޯޝަލްމީޑީއާގައި ލިޔުއްވާފައިވެ އެވެ.
ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުދޭ ކަމަށް ރައީސް މީގެ ކުރިން ތަކުރާރުކޮށް ވިދާޅުވެފައިވެ އެވެ.