
އަންނަ ރޯދަ މަހު، ހުޅުމާލޭގައި ބޭއްވުމަށްހަމަޖެހިފައިވާ "ރޯދަ ބާޒާރު ފެސްޓިވަލް"އިން ސްޓޯލް ކުއްޔަށް ދޫކުރަން އެޗްޑީސީން ތައްޔާރުވެއްޖެ އެވެ.
ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބޭއްވޭ މި ފެސްޓިވަލްގެ ސްޓޯލްތައް ކުއްޔަށް ހިފުމުގެ ފުރުސަތު މާދަމާގެ މެންދުރު 12:00އިން ފެށިގެން އަންގާރަ ދުވަހުގެ މެންދުރު 12:00އާ ހަމައަށް އޮންނާނެކަމަށް އެޗްޑީސީން ބުންޏެވެ.
ސްޓޯލް ކުއްޔަށް ހިފަން ޝައުގުވެރިވާ ފަރާތްތަކަށް އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއުކުރެވޭ ލިންކެއް މެދުވެރިކޮށް ހުށަހެޅޭނެ އެވެ.
އެޗްޑީސީން ބުނީ، މި ސްޓޯލްތައް ކުއްޔަށް ހިފުމަށް ފުރަތަމަ ހުށަހަޅައި، ޝަރުތު ހަމަވާ ފަރާތްތަކަށް އިސްކަން ދެވޭނެކަމަށް ވެސް އެޗްޑީސީން ބުންޏެވެ.