އެމްޑީޕީގެ ޕްރައިމަރީގައި، އެންމެ ވާދަވެރިކަން ބޮޑުވި ޓިކެޓަށް، މިހާރުވެސް މާލޭގެ މޭޔަރުކަމުގައި ހުންނެވި އާދަމް އާޒިމްއާ ވާދަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި، އިދިކޮޅު އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި، މާލޭގެ މޭޔަރުކަމަށް އެ ޕާޓީގެ ވާދަކުރާނެ ކެންޑިޑޭޓުގެ ޓިކެޓު، އާދަމް އާޒިމް ކާމިޔާބުކުރައްވައިފި އެވެ.
އެމްޑީޕީގެ ޕްރައިމަރީގައި، އެންމެ ވާދަވެރިކަން ބޮޑުވި ޓިކެޓަށް، މިހާރުވެސް މާލޭގެ މޭޔަރުކަމުގައި ހުންނެވި އާދަމް އާޒިމްއާ ވާދަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.
މިއަދުގެ ޕްރައިމަރީގައި މާލޭގެ ދާއިރާތަކަށް ބަހައްޓާފައިވާ 17 ފޮށީގެ ތެރެއިން ގިނަ ފޮށިތަކެއް ގުނާ ނިމިފައިވާއިރު، އޭގެތެރެއިން ގިނަ ފޮށިތަކުން ތަނަވަސް އަގުލަބިއްޔަތެއް އާދަމް އާޒިމް ވަނީ ހޯއްދަވައިފަ އެވެ.
މިގޮތުން، ގިނަ ފޮށިތަކުން 60 ޕަސެންޓު އޭނާއަށް ވަނީ ލިބިވަޑައިގެންފަ އެވެ.
މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރަށު ކައުންސިލްތަކުގެ އިންތިހާބަށް 25 ރަށަކުން 92 ކެންޑިޑޭޓުން ވާދަކުރި އެވެ. އަދި ސިޓީގެ ގޮތުގައި ބަލާ ފަސް ރަށަކުން 37 ކެންޑިޑޭޓުންނާ އެކު، ޖުމްލަ 129 މީހަކު ވާދަކުރެ އެވެ.
އެމްޑީޕީގެ ޓިކެޓު ހޯދަން އަންހެނުންގެ ކޮމެޓީއަށް 23 ކެންޑިޑޭޓުން ވާދަކުރި އެވެ. އެއީ ރަށްރަށުން 15 މީހަކާއި މާލެއިން އަށް މީހެކެވެ.
މިއަދުގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ އަދި އެމްޑީޕީން އިއުލާނެއް ނުކުރެ އެވެ.
ޕްރައިމަރީގެ ނަތީޖާއިން އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެދުނަ ނުދޭން، ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނަށް ވަނީ އިލްތިމާސްކުރައްވައިފަ އެވެ.