ހާލަތުގަ ޖެހުނު މީހުން މާފުއްޓަށް ދޫކޮށްލި ވާހަކަ އެމްޓީސީސީ ދޮގުކޮށްފި

އެމްޓީސީސީ އިން ބުނީ ސްޓާފުންނަށް ވާންވީ ގޮތް ގައިޑްކޮށްކޮށްދީ، ވާނުވާ އަންގަމުން ދިޔަ އެވެ. ނަމަވެސް މާފުށިން ވާހަކަ ދެއްކި ބައެއް މީހުން ބުނީ ޓޫރިސްޓުނާ ހަމައަށް ލަގެޖު ގެނެސްދެވުނީ ވެސް މިއަދު 9 ޖެހިފަހުންނެވެ.

އެމްޓީސީސީ ފެރީ ފަރުމަތީގައި : އަދި މީހުން ސަލާމަތް ކުރަނީ -- ފޮޓޯ : ޕޮލިސް

އެމްޓީސީސީ ފެރީ ދޯންޏެއް ފަރަށް އެރުމުން އޭގައި ތިބި ޓޫރިސްޓުން މާފުއްޓަށް ގެނެސް ދޫކޮށްލި ކަމަށް ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފި އެވެ. 

އެމްޓީސީސީ އިން ވަނީ މި ހާދިސާ ހިންގައި ދިޔަގޮތާއި އެ ކުންފުނިން ކަންތައް ކުރި ގޮތް ކަމަށް ބުނާ ޓައިމްލައިންގެ މެސެޖުތަކެއް ހިއްސާކޮށްފަ އެވެ. އެ މެސެޖުގައި ބުނެފައިވާ ގޮތުން "ވ. ފެރީ ގެލެކްސީ" އިން މާފުއްޓަށް ބޭލި މީހުންނަށް ވާންވީ ގޮތް އެމްޓީސީީސީގެ މުވައްޒަފުން ވަނީ ކިޔައިދީ ގައިޑްކޮށްދީފަ އެވެ. 

"އެމްޓީސީސީ ސްޓާފުންނަށް ވާންވީ ގޮތް ގައިޑްކޮށްކޮށްދީ، ވާނުވާ އަންގަމުން ދިޔައީ، ބައެއް ގެސްޓުން ރަށު ތެރެއަށް އަރައިގެން ދިޔަ އެކަމު، އަޅާނުލާ ދޫކޮށްށެއް ނުލާ ގައިމު ވެސް،" އެ ކުންފުނިން ބުނެފައިވެ އެވެ. 

އެ ކުންފުނިން ބުނި ގޮތުގައި މި ފެރީގައި މާފުއްޓަށް ދިޔަ 31 މީހުންނާއި ވ. އަތޮޅަށް ދަތުރުކުރި 32 މީހުން ތިއްބި ކަމަށާ މީގެ ތެރެއިން 20 މީހުން ގެންދިޔައީ އާލިއާއިންނެވެ. އަދި ހަތަރު މީހުން އަމިއްލައަށް ދިޔަ ކަމަށާ އަށް މީހުން ވ. އަތޮޅަށް ޓްރާންސްފާ ކުރީ އެމްޓީސީސީ ލޯންޗުގަ އެވެ. 

"އެމީހުން އެދުނު ގޮތަށް ލަގެޖުވެސް ވަނީ ހަވާލުކޮށް ފައިނަލް ޑެސްޓިނޭޝަނަށް ގެންދެވިފަ،" އެ ކުންފުނިން ބުނެފައިވެ އެވެ.

އެމްޓީސީސީ އިން މިހެން ބުނި ނަމަވެސް މާފުށިން ވާހަކަ ދެއްކި އެކި ފަރާތްތަކުން ބުނި ގޮތުގައި ގެސްޓުންނަށް ލަގެޖު ހަވާލުކުރީ މިއަދު ހެނދުނު އެވެ. އަދި މާފުށީގެ ގެސްޓްހައުސްތަކުގައި ގިނަ އަދަދެއްގެ ގެސްޓުން އެމީހުން އަމިއްލައަށް ބޭތިއްބި އެވެ. އަދި މިއަދު ހެނދުނު ބައެއް ޓޫރިސްޓުން ވަނީ ތުލުސްދޫއަށް ފުރާފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.