މެރިޓައިމް ޑާޓާތަކުން އެނގޭ ގޮތުގައި މި އުޅަނދު ފަރަށް އަރާފައިވަނީ ރޭދަންވަރުގެ ވަގުތެއްގަ އެވެ.

ދިވެހި ސިފައިންނާއި ލަންކާ ސިފައިން އަދި އިންޑިއާ ގުޅިގެން ބާއްވާ ކަނޑުމަތީ ތަމްރީންތަކަށް އައި އެ ގައުމުގެ މަނަވަރު ފަރަށް އަރައިފި އެވެ.
އެނގިފައިވާ ގޮތުން ތަމްރީންތަކަށް އައި އިންޑިއާ ސިފައިންގެ ދެ މަނަވަރު ރާއްޖެއަށް ވަނީ ބަނދަރުކޮށްފަ އެވެ. މީގެތެރޭން ފަރަށް އަރާފައިވަނީ އިންޑިއަން ކޯސްޓް ގާޑުގެ ފާސްޓް ޕެޓްރޯލް ވެސެލް އައިޖީއެސް އަތުލިޔާ އެވެ. ބެލެވޭ ގޮތުގައި މި މަނަވަރު އަރާފައުވަނީ ޕެޑަރައިސް އާއި ތުލުސްދޫ ހިމެނޭ ސަރައްދުގެ ފަރަކަށެވެ. މި އުޅަނދުގެ ވީޑިއޯތައް ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.
މެރިޓައިމް ޑާޓާތަކުން އެނގޭ ގޮތުގައި މި އުޅަނދު ފަރަށް އަރާފައިވަނީ ރޭދަންވަރުގެ ވަގުތެއްގަ އެވެ.
މި އުޅަނދަކީ ދިގުމިނުގައި 50 މީޓަރު ހުންނަ މަނަވަރެކެވެ. ގަޑިއަކު 33 ނޮޓިކަލް މޭލުގެ ބާރުމިނުގައި ދަތުރުކުރުމުގެ ކުޅަދާނަކަން ލިބިފައިވާ މި އުޅަނދުގައި ތިން އިންޖީނާއި ތިން ވޯޓަރ-ޖެޓް ޕްރޮޕަލްޝަން ސިސްޓަމް ހިމެނޭ އުޅަނދެކެވެ.
ރާއްޖޭގައި ތިން ގައުމެއް ގުޅިގެން ބާއްވާ ތަމްރީނުތަކަށް ތައްޔާރުވުމުގެ ގޮތުން އިންޑިއާގެ ކޯސްޓްގާޑާއި ލަންކާ ކަނޑުގެ ސިފައިންގެ އުޅަނދު ރާއްޖެއަށް އައިސްފައިވަނީ ރޭގެ ވަރުތެއްގަ އެވެ. އައިސްފައިވަނީ އިންޑިއާ ކޯސްޓްގާޑު، އައިސީޖީ ދޯނިއާ، އައިސީޖީއެސް އަތުލްޔާގެ އިތުރުން އައިސީޖީއެސް ވަޖްރާ ކަމަށާއި ލަންކާ ކަނޑުގެ ސިފައިންގެ އައިސްފައިވަނީ އެސްއެލްއެންއެސް ސުރަނިމިލާ އެވެ.
އިންޑިއާއަކީ ދިވެހިރާއްޖެއަށް ގިނަ ގޮތްގޮތުން އެހީތެރިކަން ދޭ ގައުމެވެ. އެގައުމުން މީގެ ކުރިން ވަނީ ރާއްޖޭގެ ކަނޑުގެ ޗާޓު ކުރެހުމުގައިވެސް އެހީތެރިވެދީފަ އެވެ.