ޖަނަވަރީ މަހުގެ ފުރަތަމަ 13 ދުވަހުގެ ތެރޭގައި އެކަނި ވެސް 93,053 ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ.

މި އަހަރުގެ ފެށުމުގެ ގޮތުން ފުރަތަމަ 13 ދުވަސް ތެރޭ ރާއްޖެއަށް 93,053 ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ 13 ދުވަހުގެ ތެރޭގައި އެކަނި ވެސް 93,053 ފަތުރުވެރިން ވަނީ ރާއްޖެ އަށް ޒިޔާރަތްކޮށްފަ އެވެ.
ޓޫރިޒަމް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖެއަށ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7,158 ފަތުރުވެރިން އެތެރެވެއެވެ.
އެންމެ ގިނައިން އައި އައިސްފައިވަނީ މިމަހުގ 11 ވީ އާދިއްތަ ދުވަހު އެވެ. އެ ދުވަހު އެކަނިވެސް 9,596 ފަތުރުވެރިން ވަނީ ރާއްޖެ އަށް އައިސްފައެވެ.
އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓްތައް - މި އަހަރުގެ ފެށުމުގައިވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ އިޓަލީއާއި ރަޝިއާއިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން 69.3% ފަތުރުވެރިން އިޚްތިޔާރުކުރަނީ ރިސޯޓް ތަކެވެ. އަދި 25.5 % ފަތުރުވެރިން ގެސްޓްހައުސްތަކުގައި މަޑުކުރާއިރު، ބާކީ ބައި މަޑުކުރަނީ ސަފާރީތަކާއި ހޮޓާތަކުގަ އެވެ. ރާއްޖޭގައި މިހާރު ފަތުރުވެރިން އެވްރެޖްކޮށް 8.1 ދުވަސް ހޭދަކުރެ އެވެ.
ޓޫރިޒަމް މިނިސްޓްރީން ލަފާކުރާ ގޮތުގައި މި އަހަރު ނިމޭއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރަށްވުރެ އިތުރުވެ، އައު ރެކޯޑެއް ގާއިމުކުރެވޭނެ އެވެ.