ރައީސް މުއިއްޒު، ރަޝިއާ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢަބްދުއްރަޙީމް އަބްދުއްރަހީމް ޢައްޔަން ކުރެއްވީ 11 މާރޗް 2025 ގަ އެވެ.

ރާއްޖެއިން ރަޝިއާ އަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރަޝިއާގެ ރައީސް، ވްލަޑިމިއާ ޕުޓިން އަށް އަރުވައިފި އެވެ.
މި ރަސްމިއްޔާތު އޮތީ މޮސްކޯގެ ގްރޭންޑް ކްރެމްލިން ޕެލެސްގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ރަސްމިއްޔާތުގައި ސަފީރު އަބްދުއްރަހީމް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ތަހުނިޔާ އާއި ހެޔޮއެދުންތައް ރަޝިއާގެ ރައީސަށް އަރިސްކުރައްވާފައި ކަމަށެވެ.
ރައީސް މުއިއްޒު، ރަޝިއާ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް ޢަބްދުއްރަޙީމް އަބްދުއްރަހީމް ޢައްޔަން ކުރެއްވީ 11 މާރޗް 2025 ގަ އެވެ.
ސަފީރު އަބްދުއްރަހީމް މިހާރު ހުންނެވީ ތުރުކީއަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރުކަމުގެ މަގާމުގަ އެވެ.