ކައުންސިލް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހޮނިހިރު ދުވަހު ހުޅުވާލަނީ

އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފެބްރުއަރީ 1 ވަނަ ދުވަހާ ހަމައަށް އޮންނާނެ

އީސީގެ ރައީސް މުހައްމަދު ޒާހިދު. --ފޮޓޯ: އީސީ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހި ހުޅުވައިލަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ. 

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ އެ ދެ އިންތިހާބުގެ ވޯޓާސް ލިސްޓު އާންމުކުރީ މިމަހުގެ އަށްވަނަ ދުވަހު އެވެ. އެ ލިސްޓުގައިވާ ގޮތުން ވޯޓު ދިނުމުގެ ހައްގު 294,937 މީހަކަށް ލިބެ އެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

މި އިންތިހާބާ ގުޅޭގޮތުން އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ހޮނިހިރު ދުވަހުން ފެށިގެން ފެބްރުއަރީ 1 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށެވެ. 

މިފަހަރުގެ އިންތިހާބުގައި ކައުންސިލްތަކުގެ ޖުމްލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރަންޖެހޭއިރު، ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން، ޑަބްލިޔުޑީސީތަކަށް 678 އިންތިހާބުކުރަންޖެހޭކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ޖުމްލަ 1،356 މެންބަރުން އިންތިހާބު ކުރެވިގެންދާނެ އެވެ.

"އާންމު އެހެނިހެން އިންތިހާބުތަކެކޭ އެއްގޮތަށް ވޯޓުލުން ކުރިއަށްގެންދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށް. ގުދުރަތީކަމެއް ދިމާވެގެން ނޫންގޮތަކަށް މި ދެންނެވި ވަގުތު އިތުރު ނުކުރާގޮތަށް ގަވާއިދުގައި އިންނާނީ،" ޒާހިދު ވިދާޅުވިއެވެ.

އީސީން ވޯޓު ފޮށިތަކުގެ ތަފްސީލް އާންމުކޮށްފައިވާއިރު މި އިންތިހާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެ އެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މިފަހަރުގެ އިންތިހާބުގައި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި 3 ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. މީގެއިތުރުން، ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓަނީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި އާއި ސްރީލަންކާގެ ކޮލަމްބޯގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.