އެމީހާގެ ހަށިގަނޑަކީ އއ. އުކުޅަހު މޫދަށް އެރި އުޅެނިކޮށް މިދިޔަ ޑިސެމްބަރު 17 ވަނަ ދުވަހު ގެއްލުނު ރަޝިއާ ޓޫރިސްޓުގެ ހަށިގަނޑު ކަމަށް ވެދާނެ ކަމަށް ބައެއް މީހުން ލަފާކޮށްފައިވެ އެވެ.

ރ. ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނު މީހާއަކީ މިދިޔަ މަހުގެ ކ. ކަނޑޫމާތިލަ ކައިރިން ގެއްލުނު ރަޝިއާގެ ފަތުރުވެރިޔާ ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން އޮޔާ ދަނިކޮށް އެ ހަށިގަނޑު ފެނިފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ހަވީރު 16:24 އެހާކަންހާއިރު އެވެ. އެމީހާގެ ހަށިގަނޑު ވަރަށް ބޮޑަށް ނުނިވެފައިވާތީ، އެއީ ކާކުކަން ދެނެގަތުމަށް ހަދަން ޖެހޭ ތަހުލީލުތައް ހަދަމުންދާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.
ފުލުހުން މިއަދު ބުނީ އެމީހާގެ ހަށިގަނޑުގެ ޑީއެންއޭ ތަހުލީލުތަކުން އެއީ ފިރިހެނެއްކަން ކަށަވަރުވެފައިވާ ކަމަށެވެ.
އެމީހާގެ ހަށިގަނޑަކީ އއ. އުކުޅަހު މޫދަށް އެރި އުޅެނިކޮށް މިދިޔަ ޑިސެމްބަރު 17 ވަނަ ދުވަހު ގެއްލުނު ރަޝިއާ ޓޫރިސްޓުގެ ހަށިގަނޑު ކަމަށް ވެދާނެ ކަމަށް ބައެއް މީހުން ލަފާކޮށްފައިވެ އެވެ.
ނަމަވެސް ފުލުހުން ބުނީ ކިނޮޅަސް ބޭރުން ފެނުނު ހަށިގަނޑާއި އަދި މިދިޔަ ޑިސެމްބަރު 21 ވަނަ ދުވަހު ކ. ކަނޑޫމާތިލަ ކައިރިން ކަނޑުމަތިން ފެނުނު ހަށިގަނޑުގެ ޑީއެންއޭގެ ނަތީޖާއަށް ބަލާއިރު، އެއީ ގެއްލުނު ފަތުރުވެރިޔާ ނޫންކަން ޔަގީންވާ ކަމަށެވެ.
މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.