ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ ލިސްޓުން ރާއްޖެއަށް ކުރިއެރުން

ދިވެހި ޕާސްޕޯޓުގައި، ވިސާއާ ނުލައި 92 ގައުމަކަށް ދަތުރުކުރެވޭތީ ލިބުނު ކުރިއެރުމެކެވެ.

ދިވެހި ޕާސްޕޯޓްތަކެއް -- ފޮޓޯ: ޓީއެމްޖޭ

ދުނިޔޭގެ އެންމެ ބާރުގަދަ ޕާސްޕޯޓުތައް ދަރަޖަކޮށް، ހެންލީ ޕާސްޕޯޓް އިންޑެކްސްގައި ރާއްޖެ އެއް ދަރަޖަ ކުރިއަށް ޖެހިލައިފި އެވެ.

ދުނިޔޭގެ 199 ގައުމުގެ ތެރެއިން، އެ ލިސްޓުގައި މިދިޔަ އަހަރު ރާއްޖެ އޮތީ 53 ވަނައިގަ އެވެ. ނަމަވެސް، މި އަހަރު ރާއްޖެ ވަނީ އެއް ދަރަޖަ ކުރިއަށް ޖެހިލައި، 52 ވަނަ އަރައިފަ އެވެ. 

އެއީ ދިވެހި ޕާސްޕޯޓުގައި، ވިސާއާ ނުލައި 92 ގައުމަކަށް ދަތުރުކުރެވޭތީ ލިބުނު ކުރިއެރުމެކެވެ.

މި ކުރިއެރުމާއެކު، ރާއްޖެ ވަނީ ދެކުނު އޭޝިޔާގެ އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު ވިދިވިދިގެން ހަތް އަހަރު، ފަސޭހަކަމާއެކު ދިފާއުކޮށްފަ އެވެ. 

ދެވަނައިގައި އިންޑިއާ އޮތީ ލިސްޓުގައި، މުޅި ލިސްޓުގެ 80 ވަނައިގަ އެވެ. އިންޑިއާ ޕާސްޕޯޓުގައި ވިސާއާ ނުލައި ދަތުރުކުރެވެނީ 55 ގައުމަކަށެވެ.

ތިންވަނައިގައި އޮތް ބޫޓާންގެ ޕާސްޕޯޓުގައި 50 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވެ އެވެ. އެއީ 85 ވަނައިގައި ހިމެނިގެންނެވެ. ލަންކާ ހިމެނެނީ އޭގެ ފަހަތުންނެވެ. އެ ގައުމުގެ ޕާސްޕޯޓުގައި 39 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވެ އެވެ.

އިންޑެކްސްގައި އެންމެ ބާރުގަދަ ޕާސްޕޯޓުގެ މަގާމު މި ފަހަރު ވެސް ދަމަހައްޓާފައިވަނީ 192 ގައުމަކުން އޮންއެރައިވަލް ވިސާ ލިބޭ ސިންގަޕޫރުގެ ޕާސްޕޯޓެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.