ގޯއްޗާއި ފްލެޓަށް ހުޅުވާލާނީ އާދީއްތަ ދުވަހު

ސަރުކާރުގެ މި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ކުރިން ނިންމީ މިއަދަށެވެ.

ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ -- ރަސްމާލެ

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ ފުރަތަމަ ބޯހިޔާވަހިކަމުގެ ސްކީމަށް އަންނަ އާދީއްތަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރީން ބުނެފި އެވެ.

ސަރުކާރުގެ މި ބޯހިޔާވަހިކަމުގެ ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލޭ ސަރަހައްދުން ގޯއްޗާއި ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ކުރިން ނިންމީ މިއަދަށެވެ.

ނަމަވެސް މިއަދު ނެރުނު ބަޔާނެއްގައި މިނިސްޓްރީން ބުނީ ބިމާއި ފްލެޓަށް ގިނަ ބަޔަކު ކުރިމަތިލާނެ ކަމަށް ލަފާކުރެވޭތީ އާއި ހަފްތާ ބަންދާ ދިމާކޮށް ހުޅުވުމުން ރައްޔިތުންނަށް ދޭން ބޭނުންވާ މައުލޫމާތު ދިނުމުގައި ދަތިތަކެއް ހުރެދާނެ ކަމަށެވެ. އެހެންވެ، އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައި "ހިޔާވަހި ޕޯޓަލް" އާންމުކޮށް ހުޅުވާލަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތު ސަރުކާރުން ލޯންޗުކޮށްފައިވަނީ މިދިޔަ ނޮވެމްބަރު 16 ވަނަ ދުވަހުއެވެ. އެ ސްކީމުގެ ދަށުން ފްލެޓާއި ގޯތި ދޭ އުސޫލުވެސް ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ.

މި ސްކީމުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެ ހިމެނޭހެން 15,000 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މާލެ ސަރަޙައްދުން 7,900 ފްލެޓް ދޫކުރުމަށް ވެސް ސަރުކާރުން ނިންމާފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.