އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 948.3 މިލިއަން ޑޮލަރުގަ އެވެ. މިއީ 2024 ވަނަ އަހަރު ނިމުނުއިރު ހުރި 588.6 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 61 ޕަސެންޓުގެ ބޮޑު އިތުރުވުމެކެވެ.

މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ރިޒާވް ބިލިއަން ޑޮލަރާ ގާތަށް އިތުރުވެފައިވާއިރު މިއީ ކުރިން ލަފާކުރި ވަރަށްވުރެ އިތުރު ވުމެކެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވް ހުރީ 948.3 މިލިއަން ޑޮލަރުގަ އެވެ. މިއީ 2024 ވަނަ އަހަރު ނިމުނުއިރު ހުރި 588.6 މިލިއަން ޑޮލަރާ އަޅާބަލާއިރު ގާތްގަނޑަކަށް 61 ޕަސެންޓުގެ ބޮޑު އިތުރުވުމެކެވެ. ކުރިން އަންދާޒާކޮށްފައިވަނީ ރިޒާވް ހުންނާނީ 800 މިލިއަން ޑޮލަރުގަ އެވެ.
ރާއްޖޭގެ ޖުމްލަ ރިޒާވް އެންމެ ބޮޑަށް ދަށަށް ގޮސްދައިވަނީ މާރިޗު މަހު އެވެ.އެ މަހު ރިޒާވް 541.7 މިލިއަން ޑޮލަރަށް ވެއްޓުނެވެ. އަދި އެންމެ މަތިވެފައިވަނީ އަހަރު ނިމުނު ޑިސެމްބަރު މަހު އެވެ. އެއީ 948.3 މިލިއަން ޑޮލަރަށެވެ. ޖަނަވަރީ މަހުން ފެށިގެން ޑިސެމްބަރު މަހާ ހަމައަށް ރިޒާވަށް ވަނީ 336.5 މިލިއަން ޑޮލަރު އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 55 ގެ ކުރިއެރުމެކެވެ.
މި މައުލޫމާތުތައް ދައްކާ ގޮތުން މިދިޔަ އަހަރު ނިމުނުއިރު ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވްގައި 231.8 މިލިއަން ޑޮލަރު ހުއްޓެވެ. ޔޫޒަބަލް ރިޒާވް ވަނީ ނޮވެމްބަރު މަހު ހުރި 226.6 މިލިއަން ޑޮލަރާ ބަލާއިރު 5.2 މިލއަން ޑޮލަރުގެ އިތުރުވުމެކެވެ. މި އަދަދަކީ މިދިޔަ ޑިސެމްބަރުމަހުގެ ނިޔަލަށް ހުރި ޖުމްލަ ރިޒާވްގެ އަދަދުން ކުރު މުއްދަތުގެ ދަރަނި އުިނި ކުރުމުން ހުރި އަދަދެވެ.