އިރާނާއި އެމެރިކާ ހަނގުރާމައަށް ތައްޔާރުވެ، ނުރައްކާތެރި ހާލަތަކަށް

އެމެރިކާއިން ވަނީ އީރާނުގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ވަދެ އެ ގައުމަށް ހަމަލާދޭން ތައްޔާރު ވަމުންނެވެ. ނަމަވެސް މީގެ ހަގީގީ ސަބަބަކީ އިޒްރޭލުން ބުނި ކަމެއް ކޮށް ދިނުމެވެ.

އިރާގުގަ ހުންނަ އަލް އަސަދު އެއާބޭސް އީރާނުގެ ހަމަލާތަކުގައި ގެއްލުންވެފަ -- އޭޕީ ފޮޓޯ

އެމެރިކާއިން އީރާނުގެ ދާހިލީ ކަންތަކުގެ ތެރެއަށް ވަދެ، ހަމަލާ ދީފާނެ ކަމަށް ބެލެވުމާއެކު ދެ ގައުމުން ވަރުގަދަ ކުރިމަތި ލުމަކަށް ތައްޔާރު ވެއްޖެ އެވެ. 

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަވެރި ހަރަކާތްތަކާ ގުޅިގެން، އީރާނާއި އެމެރިކާގެ ދެމެދުގައި އޮތް ގުޅުން އިންތިހާއަށް ގޯސްވެ، ސީދާ އަސްކަރީ ކުރިމަތިލުމަކަށް ހިނގައިދާނެކަމުގެ ބިރު ވަނީ ބޮޑުވެއްޖެއެވެ.

އެމެރިކާ އާއީ އީރާނުން ކުރިމަތިލުމަށް ދިއުމުގެ ބިރު ހީވެފައި މިވަނީ އީރާނުގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއަށް ސީއައިއޭ އިން ދުރާލާ ރާވައިގެން ޖާސޫސުން ވައްދައި މަސްރަހު ގޯސްކޮށް ގިނަ އަދަދެއްގެ ސަލާމަތީ އޮފިސަރުން މަރާލުމާ ގުޅިގެންނެވެ. އަދި މި މުޒާހަރާތައް ކޮންޓްރޯލް ކުރަން އީރާނުގެ ސަރުކާރުން ކުރި މަސައްކަތްތަކުގައި ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެފަ އެވެ. އެމެރިކާ އިން ވަނީ މިއީ އީރާނަށް ހަމަލާދޭން ޖެހޭ ސަބަބެއްގެ ގޮތުގައި ބުނެފަ އެވެ. 

ދެ ގައުމުގެ ދެމެދުގައި ހަމަލާތަކެއް ފެށިދާނެ ކަމަށް ބަލައި އެމެރިކާއިން ގަތަރުގައި ހިންގާ އެއާބޭސް އަލް އުބައިދާގައި ހުރި ސާމާނާއި މީހުން ވަނީ ބަދަލުކޮށްފަ އެވެ. އަދި މުސްލިމުންނާ އަދާވާތްތެރި އިސްރޭލުން ވަނީ އެ ގައުމުގެ ރައްޔިތުން ބިންގަރާސްތަކަށް ވަންނަން ތައްޔާރުވާން އަންގާފަ އެވެ. ސަބަބަކީ އީރާނުން މިސައިލް ހަމަލާތަކެއް އެ ގައުމަށް ފޮނުވާލާނެ ކަމުގެ ބިރު އޮތުމުންނެވެ. އަދި އީރާނުން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފަ އެވެ. 

އީރާނުން މީގެ ކުރިން ވަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ މަސްލަހަތުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. މިގޮތުން އެ އިރާގާއި ގަަތަރުގައި ހުރި އަސްކަރީ ބޭހަށް ހަމަލާ ދީފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.