ސަސްޓޭނަބަލް ޓައުންޝިޕް މަޝްރޫއުގެ އެއްގަނޑު ފޮޓޯ | މިއީ ވަކި އަތޮޅެއް !

ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި "ސަސްޓެއިނަބަލް ޓައުންޝިޕް" އެއްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ގެ ގޮތުގައި ތަރައްގީ ކުރަމުން ގެންދާ މި މަޝްރޫއަކީ 750 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެކެވެ. މި މަޝްރޫއު 2028 ގައި ނިމޭނެ އެވެ.

ސަސްޓޭނަބަލް ޓައުންޝިޕް މަޝްރޫއުގެ ރަށްތައް ހިއްކާ ނިމިފައި -- ފޮޓޯ : އެސްފޯސޯޓްބޭ

ނޫނު އަތޮޅުގެ ރީތި ފެހިކަން ގަދަ ރަށްތަކުގެ މަތިން އެއާ ޓެކްސީ އުދުހެމުން ދިޔަ އެވެ. ކުއްލިއަކަށް ފެންނަނީ ސަރާސަތު ކުދި ރަށްތަކެވެ. ފެހިކަން މި ވަގުތު ފެންނަން ނެތް މި ރަށްތަށް ސިފަވަނީ ވަކި އަތޮޅެއްގެ ގޮތުގަ އެވެ. ނ. ފަޅެއްގައި ހިއްކާފައިވާ މި ރަށްތަކުގެ ވީޑިއޯ ސޯޝަލް މީޑިއާ އަށް ދޫކޮށްލީ ދިވެހި އެއާޓެކްސީ ޕައިލޮޓެއް ހިންގާ ޕޭޖަކުންނެވެ. އެ ޕޭޖަށް މީހުންކޮށްފައިވާ ގިނަ ކޮމެންޓްތަކުގައި ގިނަ މީހުން ސިފަކުރަނީ މިއީ ރާއްޖޭގައި މުޅިން އަލަށް އުފެދި ހިކެމުންދާ އަތޮޅެއްގެ ގޮތުގަ އެވެ. މި ފޮޓޯގައި ލޮލުކޮޅަށް ގެއްލިފައިވާ ރަށްތަކެއްގެ ސިފާގައި ފެހިކަން ނެތި އެ ފެންނަނީ ނ. އަތޮޅު ދިގުފަރު ފަޅާއި އެ އަތޮޅު ދެކުނުފަރުގައި ތަރައްގީކުރާ ރާއްޖޭގެ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ހެ ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫއެވެ. 

ޕްރޮޖެކްޓް އައިލާ" ގެ ނަމުގައި "ސަސްޓެއިނަބަލް ޓައުންޝިޕް" އެއްގެ ގޮތުގައި ގެ ގޮތުގައި ތަރައްގީ ކުރަމުން ގެންދާ މި މަޝްރޫއަކީ 750 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫ އެކެވެ. މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ ފޮރިން އިންވެސްޓްމަންޓުގެ މޫނުމަތި ބަދަލު ވެގެންދާނެ ބިޔަ މަޝްރޫއަކަށެވެ. މި ރަށްތައް ވެސް ތަރައްގީ ކުރަނީ ރާއްޖޭގެ ޓޫރިޒަމްގެ މައިގަނޑު ސިފަ ކަމަށްވާ "ވަން އައިލެންޑް ވަން ރިސޯޓް" އަސާސަކަށް ބަލައިގެންނެވެ. 

ސަސްޓެއިނަބްލް ޓައުންޝިޕް މަޝްރޫއު - މިއީ ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓެއް ހިމެނޭ ގޮތަށް އަދި ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ގޮތަށް އަދި ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗާ އާއި ވަސީލަތްތަކާ އެކު މީހުންނަށް ދިރިއުޅެވޭނެ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ހިމެނޭ މަޝްރޫއުތަކެކެވެ.  

މި މަޝްރޫއުގައި ހިމެނޭނެ ބައިތައް

  •  ލަގްޒަރީ ވިލާ އަދި ހައި-އެންޑް ހޯމްސް ހިމެނޭހެން ތަރައްޤީކުރެވޭ ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް
  •  ބައިނަލްއަގުވާމީ ފެންވަރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒެއް ގާއިމުކުރުން
  •  ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ގާއިމުކުރުން
  •  އަލްޓްރާ ލަގްޒަރީ ޓޫރިސްޓް ރިޒޯޓް، ހޮޓެލް އަދި މެރީނާއެއް ގާއިމުކުރުން
  •  ޒޯނުގައި ކުނި މެނޭޖްކުރުމަށް ގާއިމުކުރެވޭ އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކަކީ ސެލްފް-ސަފިޝިއަންޓް އިންފްރާސްޓްރަކްޗާ އަދި ވަސީލަތްތަކެއް ކަމުގައިވުމާއެކު، ޒޯން ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން %60 އަކީ އިއާދަކުރަނިވި ހަކަތައަށްވުން
  •  ރާއްޖޭގެ އިމްޕޯޓްކުރާ ކާބޯތަކެތި މަދުކޮށް، ކާބޯތަކެތި އުފެއްދޭނެ ވަސީލަތްތައް ގާއިމުކޮށް، ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށް ޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއަކަލްޗަރުގެ ވަސީލަތްތައް ގާއިމުކުރުން
  •  ޒޯންގައި ދިރިއުޅޭ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ތަރައްގީކުރުން
  •  ޒޯންގައި މަސައްކަތްކުރާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން

މި މަޝްރޫއު ނިންމަން ސަރުކާރުން ކަނޑައަޅާފައިވާ ތާރީހާ އެއްގޮތަށް، 2028 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމުމަށެވެ. މި ސަސްޓެއިނަބުލް ޓައުންޝިޕްގައި ޓޫރިސްޓުންނަށް ހިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީ އާއެކު، އިގުތިސާދީ އިޖުތިމާއީ އެހެން ދާއިރާތަކަށް ހާއްސަ ވަސީލަތްތައް ވެސް ގާއިމްކުރާނެ އެވެ. އޭގެ ތެރޭގައި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ޓޫރިޒަމަށް މީހުން ތަމްރީނުކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރި ކަމާއި އެކުއާ ކަލްޗާގެ މަސައްކަތް ކުރާ ނިޒާމުތައް ހިމެނޭނެ އެވެ. އަދި ދަނޑުވެރިކަމާއި އެކުއާކަލްޗާގެ މަސައްކަތް އެ ތަނުގައި ކުރާނީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް އަމާޒު ކޮށްގެންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.