މި މައުރަޒުގެ 11 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުވަރީ މަހުގެ 5 އިން 8 އަށް ހުޅުމާލޭ ސެންޓްރަލް ޕާކު ގައެވެ.

ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރަސްމީ މައުރަޒު "މޯލްޑިވްސް މެރިން އެކްސްޕޯ 2026" ގެ ޕާޓްނަރުންނާއި ސްޕޮންސަރުން އިޢުލާނުކޮށްފި އެވެ.
މި މައުރަޒުގެ 11 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ފެބުރުވަރީ މަހުގެ 5 އިން 8 އަށް ހުޅުމާލޭ ސެންޓްރަލް ޕާކު ގައެވެ. މީޑިއަމް އިވެންޓްސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމުކުރާ މި އެކްސްޕޯއަކީ ރާއްޖޭގައި ބާއްވާ އެންމެ ދިގު މުއްދަތުގެ މެރިން އެގްޒިބިޝަނެވެ.
އެހެނިހެން ޕާޓްނަރުން: އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް އަދި މީޑިއާ ޕާޓްނަރުންގެ ގޮތުގައި ޕީއެސް.އެމް އާއި އައިލެންޑް ޗީފް އެވެ.
މި ފަހަރުގެ އެކްސްޕޯގައި ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ. އޭގެ ތެރޭގައި އަލަށް ޑައިވް ކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ "ލެޓްސް ޑައިވް" ކެމްޕޭނާއި ފެބުރުއަރީ ހައެއްވާ ވާ ހުކުރު ދުވަހު ބާއްވާ "ކެޕްޓަންސް ނައިޓް" ހިމެނެ އެވެ. މީގެ އިތުރުން މުޅިން އަލަށް ބާޒާރަށް ނެރޭ މެރިން އުފެއްދުންތައް ދައްކާލުމާއި، މަޝްވަރާ ބައްދަލުވުންތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ކުރިއަށްދާނެ އެވެ.