ވިޒިޓް މޯލްޑިވްސް އާ އަހަރު ފަށަނީ ވަރުގަދަ ފެއާތަކަކުން

ވީއެމްސީ އިން ބުނީ މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ފުޅާ މާކެޓުތައް ދެމެހެއްޓުމެވެ.

މި އަހަރު ވިޒިޓް މޯލްޑިވްސް އިން ކުންފުނިތަކާއެކު ބައިވެރިވާ ފެއާއެއް -- ފޮޓޯ : ވިޒިޓް މޯލްޑިވްސް

ދުނިޔޭގެ ފެންވަރުގައި ބާއްވާ ފަތުރުވެރިކަމުގެ ބޮޑެތި މައުރަޒުތަކުގައި ބައިވެރިވެ، މި އަހަރުގެ ހަރަކާތްތައް ވަރުގަދަކަމާއެކު ފެށުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ތައްޔާރުވެއްޖެ އެވެ.

ވީއެމްސީ އިން ބުނީ މި ހަރަކާތްތަކުގެ މައިގަނޑު މަގުސަދަކީ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ފުޅާ މާކެޓުތައް ދެމެހެއްޓުމެވެ.

ބަައިވެރިވާ ފެއާތައް

  •  ފިތޫރު : ސްޕެއިންގެ މެޑްރިޑްގައި ބާއްވާ މި މައުރަޒަކީ ޔޫރަޕްގެ މާކެޓަށް ވަރަށް މުހިންމު ފެއާއެއް
  •  ބިޓް މިލާން : އިޓަލީގެ މިލާންގައި ބާއްވާ މި ފެއާއަކީ އިޓަލީގެ ފަތުރުވެރިން ރާއްޖެއަށް ޝައުގުވެރިކުރުވުމަށް ލިބޭ ބޮޑު ފުރުސަތެއް
  •  އައިޓީބީ ބާލިން : ޖަރުމަނުގެ ބާލިންގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާގައި ރާއްޖެއިން މި އަހަރުވެސް ވަރަށް ފުޅާކޮށް ބައިވެރިވާނެ

ވީއެމްސީ އިން ބުނީ މީގެ އިތުރުން، އިންޑިއާގެ އެކި ސިޓީތަކުގައި "ރޯޑްޝޯ" ތަކާއި ބީ2ބީ (B2B) ޕާޓްނަޝިޕް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރޭވިފައެވެ. މި ހަރަކާތްތަކުގެ ޒަރީއާއިން ރިސޯޓުތަކާއި ގެސްޓްހައުސްތައް ޕްރޮމޯޓްކުރުމަށް ވަނީ ހަމަޖެހިފައެވެ.

"ވިޒިޓް މޯލްޑިވްސް" އިން އަމާޒު ހިފަނީ 2026 ވަނަ އަހަރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، ދުނިޔޭގެ ބާޒާރުގައި ރާއްޖެއަކީ އެންމެ އިތުބާރުހުރި މަންޒިލްގެ ގޮތުގައި ދެމެހެއްޓުމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.