ބަންގްލަދޭޝްއިން ނިންމުން ބަދަލުކޮށްފި، ދިވެހިންނަށް އޮން-އެރައިވަލް ވިސާ ލިބޭނެ

ނަމަވެސް، އޭގެ ފަހުން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑައިލަން ނިންމި ނިންމުން އަނބުރާ ގެނެސްފައިވާ ކަން ބަންގްލަދޭޝުން މިހާރު އަންގާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީ --

ބަންގްލަދޭޝްގައި އަންނަ މަހު އޮންނަ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާ ގުޅިގެން، އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑާލަން ނިންމި ނިންމުން އަނބުރާ ގެނެސްފި އެވެ. 

އެ މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އަންނަ މަހުގެ 12 ވަނަ ދުވަހު އޮންނަ އާންމު އިންތިހާބާ ގުޅިގެން، 15 ޖެނުއަރީ އިން ފެށިގެން 15 ފެބްރުއަރީގެ ނިޔަލަށް އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑައިލަން އެ ގައުމުން ނިންމާފައިވާ ކަމަށެވެ.

"އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އިލްތިމާސްކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ނަމަވެސް، އޭގެ ފަހުން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑައިލަން ނިންމި ނިންމުން އަނބުރާ ގެނެސްފައިވާ ކަން ބަންގްލަދޭޝުން މިހާރު އަންގާފައިވާ ކަމަށެވެ.

"އެހެންކަމުން، ބަންގްލަދޭޝްއަށް ދަތުރުކުރައްވާ ދިވެހިންނަށް ކުރިއެކޭވެސް އެއްގޮތަށް، އޮން-އެރައިވަލް ވިސާ ލިބޭނެ އެވެ،" މިނިސްޓްރީން ބުންޏެވެ. 

މި އިންތިހާބަކީ، މިދިޔަ އަހަރު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު އެ ގައުމުގައި ބާއްވާ ފުރަތަމަ އިންތިހާބެވެ.

ދަރިވަރުންތަކެއް އިސްވެ ކުރި މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި، އެތައް ބަޔަކު މަރުވުމާ ގުޅިގެން، ހަސީނާ ވަނީ ގައުމު ދޫކުރައްވާ، އިންޑިއާއިން ހިމާޔަތް ހޯއްދަވައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.