އެ ކްރޫޒްލައިނާގައި ރާއްޖެއަށް އައި މީހުންނަށް ބޭނުންވާ ވިސާ ކްލިއަރަންސްގެ އިންތިޒާމުތައް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިދީފަ އެވެ.

މި އަހަރުގެ ފުރަތަމަ ދަތުރުގައި، އެމްއެސް ކްރިސްޓަލް ސިމްފަނީ ކްރޫޒްލައިނާ ރާއްޖެއަށް އަތުވެއްޖެ އެވެ.
އިންޑިއާގެ މުމްބާއީ އާއި ސީޝެލްސްއާ ދެމެދު ދަތުރުކުރާ މި ކްރޫޒްލައިނާ މިދިޔަ ހޯމަ ދުވަހު ރާއްޖެއަށް އައިސްފައިވަނީ 479 ފަސިންޖަރުންނާއި 491 ކްރޫއިންނާ އެކު އެވެ.
އެ ކްރޫޒްލައިނާގައި ރާއްޖެއަށް އައި މީހުންނަށް ބޭނުންވާ ވިސާ ކްލިއަރަންސްގެ އިންތިޒާމުތައް އިމިގްރޭޝަނުން ވަނީ ހަމަޖައްސައިދީފަ އެވެ.
މިދިޔަ އަހަރު ވެސް ދެ ފަހަރެއްގެ މަތިން މި ކްރޫޒްލައިނާ ރާއްޖެއަށް އައިސްފައިވާއިރު، މިއީ މި އަހަރު ފެށުނު ފަހުން މި އުޅަނދު ރާއްޖެއަށް އައި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޓުކުރާ މިފަދަ ކްރޫޒްލައިނާތައް، ދަތުރުކުރާ މަންޒިލްތަކުގެ ރާއްޖެ ހިމެނޭއިރު، ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން މި އުޅަނދުތަކުގައި ރާއްޖެއަށް ޒިޔާރަތްކުރެ އެވެ.