ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކާއެކު އެއްބަސްވުން ހަދައި، 11 އަހަރުގެ ހުކުމެއް

އިއުތިރާފުގެ އެއްބަސްވުމަކީ އެމީހާގެ މައްޗަށް އަންނާގެ އަދަބަށް ލުއި ލިބޭ އެއްބަސްވުމެކެވެ. ގާނޫނުގައި ވާގޮތުން މި ކުށުގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް --

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކާ އެކު ދައުލަތުން އިއުތިރާފުގެ އެއްބަސްވުމެއް ހަދައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މި މައްސަލައިގައި ދައުލަތުން އުފުލާފައި ވަނީ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ. އެމީހާ ކުށަށް އިއުތިރާފްވެފައިވާތީ، ދައުލަތުން ވަނީ އެމީހާއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދައިފަ އެވެ.

އިއުތިރާފުގެ އެއްބަސްވުމަކީ އެމީހާގެ މައްޗަށް އަންނާގެ އަދަބަށް ލުއި ލިބޭ އެއްބަސްވުމެކެވެ. ގާނޫނުގައި ވާގޮތުން މި ކުށުގެ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ނަމަވެސް މި އެއްބަސްވުމާއެކު، އެމީހާގެ މައްޗަށް އެންމެ ބޮޑު އަދަބު ކަނޑައެޅުމުގެ ބަދަލުގައި ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ 11 އަހަރުގެ ޖަލު ހުކުމެކެވެ.

މިއީ ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައެއްކަމުން، މައްސަލައިގެ ތަފްސީލުތައް ކޯޓުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.