ޑްރަގާއެކު ހައްޔަރު ކުރުމުން ބުނީ ނަފްސާނީ ބަލި ހުންނާތީ އެކްޕްލޮއިޓް ކުރީ ކަމަށް

ކޯޓަށް ހާޒިރުކުރުން އޭގެތެރެއިން ރާއިދު ބުނެފައި ވަނީ އޭނާއަކީ ނަފްސާނީ ބަލި މަތީ ދަރަޖައަކަށް ހުންނަ މީހެއް ކަމަށެވެ. އަދި މީގެ ކުރިންވެސް އެކްސްޕްލޮއިޓް ކޮށްގެން ކުށްކުރުމަށް އޭނާ ބޭނުންކޮށްފައިވާ ކަމަށެވެ.

ޑްރަގާއެކު ފުލުހުން ހައްޔަރުކުރި 2 މީހުން: ނަފްސާނީ ބަލި ހުންނަ ކަމަށް ބުނީ ރާއިދު --

މީގެ ހަފްތާއެއް ކުރިން ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކުގެ ނަފްސާނީ މައްސަލަ "މަތީ ދަރަޖައަށް" ހުންނަ ކަމަށް ބުނެ، ބަންދުން ދޫކޮށްދޭން ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

މިމަހުގެ ފަސްވަނަ ދުވަހު ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާލޭގެ އެޕާޓްމެންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި، ވަލުތެރޭގެ، މުހައްމަދު އީވާން ހަމިދު 23، އާއި ހ. ސަކީނާމަންޒިލް، މުހައްމަދު ރާއިދު އަލީ އަސްޣަރު 31، އެވެ. 

އެ މީހުންގެ ބަންދަށް އެންމެ ފުރަތަމަ ޖެހީ ހަތް ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން އިއްޔެ ވަނީ ބަންދު އިތުރުކުރަން ކޯޓަށް ހާޒިރުކޮށްފަ އެވެ.

ކޯޓަށް ހާޒިރުކުރުން އޭގެތެރެއިން ރާއިދު ބުނެފައި ވަނީ އޭނާއަކީ ނަފްސާނީ ބަލި މަތީ ދަރަޖައަކަށް ހުންނަ މީހެއް ކަމަށެވެ. އަދި މީގެ ކުރިންވެސް އެކްސްޕްލޮއިޓް ކޮށްގެން ކުށްކުރުމަށް އޭނާ ބޭނުންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށް ގޭބަންދަށް ނަމަވެސް ދޫކޮށްދިނުމަށް ކޯޓުގައި އެދިފައިވެ އެވެ. ނަމަވެސް މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ބަންދުން ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި، އިތުރު 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި އީވާން ވެސް ވަނީ 30 އިތުރު 30 ދުވަހަށް ބަންދުކޮށްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.