ރާއްޖޭގެ ޓޫރިޒަމްގެ ބާނީއެއް ކަމަށްވާ ޗަންޕާ ހުސެއިން އަފީފު އާއި ކޮއްކޮ މުހައްމަދު މޫސާ (އުއްޗު) އިސްވެ ހުންނަވާ މި ކުންފުނީގައި 3،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.

ރާއްޖޭގައި 11 ރިސޯޓެއް ހިންގާ ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން އެ ކުންފުނިން ނިންމައިފި އެވެ.
ބޭންކިން ނިޒާމަށް ޓޫރިޒަމް ސިނާއަތުން ލިބޭ ޑޮލަރު މާރުކުރަން ފެށުމުން ކުންފުންޏަށް ދަތިވާ ކަމަށް ބުނި، ޗަންޕާ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭން ނިންމާފައިވާކަން އިއުލާނުކޮށް އެ ކުންފުނިން ބުނެފައިވާ ގޮތުން މި ބަދަލު ގެންނަން ނިންމީ ގާނޫނުތަކާއި ގަވައިދުގެ ތެރެއިން މުވައްޒަފުންނަށް އެންމެ ރަނގަޅު ގޮތްތަކެއް ފޯރުކޮށްދިނުމަށެވެ.
ރާއްޖޭގެ ޓޫރިޒަމްގެ ބާނީއެއް ކަމަށްވާ ޗަންޕާ ހުސެއިން އަފީފު އާއި ކޮއްކޮ މުހައްމަދު މޫސާ (އުއްޗު) އިސްވެ ހުންނަވާ މި ކުންފުނީގައި 3،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.