ބަންގްލަދޭޝްއިން އޮން-އެރައިވަލް ވިސާ މެދުކަނޑާލާތީ، ވިސާ ނަގައިގެން ދާން އެދިއްޖެ

މި އިންތިހާބަކީ، މިދިޔަ އަހަރު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު އެ ގައުމުގައި ބާއްވާ ފުރަތަމަ އިންތިހާބެވެ.

ފޮރިން މިނިސްޓްރީ.

ބަންގްލަދޭޝްގައި އަންނަ މަހު އޮންނަ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބާ ގުޅިގެން، އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑާލާތީ، އެ ގައުމަށް ދަތުރުކުރާ ދިވެހިން ވެސް ވިސާ ނަގައިގެން ދިޔުމަށް ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، އަންނަ މަހުގެ 12 ވަނަ ދުވަހު އޮންނަ އާންމު އިންތިހާބާ ގުޅިގެން، 15 ޖެނުއަރީ އިން ފެށިގެން 15 ފެބްރުއަރީގެ ނިޔަލަށް އޮން-އެރައިވަލް ވިސާ ދިނުން މެދުކަނޑައިލަން އެ ގައުމުން ނިންމާފައިވާ ކަމަށެވެ. 

"އެހެންކަމުން، މި މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްއަށް ދަތުރުކުރަން ގަސްދުކުރާ ދިވެހި ރައްޔިތުން، ދަތުރުގެ ކުރިން ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ބޭނުންވާ ވިސާ ނެގުމަށް އިލްތިމާސްކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.

ބަންގްލަދޭޝްގެ އޮން-އެރައިވަލް ވިސާއާ ގުޅޭ އިތުރު ތަފުސީލީ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބޭނެކަމަށް މިނިސްޓްރީން ބުންޏެވެ.

 https://share.google/a2ou52xtJUVC4fBy6

މި އިންތިހާބަކީ، މިދިޔަ އަހަރު ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާގެ ވެރިކަން ވެއްޓުމަށްފަހު އެ ގައުމުގައި ބާއްވާ ފުރަތަމަ އިންތިހާބެވެ.

ދަރިވަރުންތަކެއް އިސްވެ ކުރި މުޒާހަރާތަކުގައި ބޮޑެތި ހަމަނުޖެހުންތައް ހިނގައި، އެތައް ބަޔަކު މަރުވުމާ ގުޅިގެން، ހަސީނާ ވަނީ ގައުމު ދޫކުރައްވާ، އިންޑިއާއިން ހިމާޔަތް ހޯއްދަވައިފަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.