މައުލޫމާތު އެނގޭ މީހަކު ބުނީ އެކުއްޖާ މަރުވި ސަބަބު ނޭންގުނު ނަމަވެސް، އެއީ ކުއްލި މަރެއް ކަމަށެވެ. ރޭ ވަރަށް ގަދަޔަށް ބޮލުގައި ރިއްސާތީ ނިދީ ބޭސްކައިގެން ކަމަށްވެސް އެމީހާ ބުންޏެވެ. އެފަހުން ޝަޒްފާގެ ހަބަރެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި، މަރުވެފައި ވަނީ އެ ރަށު ލަތީފީމަންޒިލް، ޝަޒްފާ އަބްދުﷲ އިބްރާހިމް އެވެ.
އެރަށު ސްކޫލުގައި ގްރޭޑް 10ގައި ކިޔަވަމުންދާ ޝަޒްފާ ފަތިހު ނުހޭލައިގެން އާއިލާއިން ގޮސް ބެލިއިރު އޮތީ މަރުވެފަ އެވެ.
މައުލޫމާތު އެނގޭ މީހަކު ބުނީ އެކުއްޖާ މަރުވި ސަބަބު ނޭންގުނު ނަމަވެސް، އެއީ ކުއްލި މަރެއް ކަމަށެވެ. ރޭ ވަރަށް ގަދަޔަށް ބޮލުގައި ރިއްސާތީ ނިދީ ބޭސްކައިގެން ކަމަށްވެސް އެމީހާ ބުންޏެވެ. އެފަހުން ޝަޒްފާގެ ހަބަރެއް ނުވެ އެވެ.
ޝަޒްފާއަކީ އޭނާގެ މައިންބަފައިންގެ ހަމައެކަނި ދަރިފުޅެވެ. އޭނާގެ ޖަނާޒާ އޮތީ މިއަދު އަސްރު ނަމާދަށް ފަހު ކުޅުދުއްފުށީ މަސްޖިދުލްހަލާރަތުގަ އެވެ.