ބޭސް އެތެރެކުރަން އުފެއްދި ކުންފުނީގެ ދަށަށް އެސްޓީއޯ ފާމަސީތައް ބަދަލުކުރަނީ

އެސްޓީއޯއިން ބުނީ އަންނަ މަހުގެ 15ގެ ނިޔަލަށް ބޭސް ފިހާރަތައް އެ ކުންފުނީގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތްތައް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރަމުން އަންނަ ކަމަށެވެ.

އެސްޓީއޯ އިން މާފަންނުގައި ހިންގާ ފާމަސީ --

ރާއްޖެއަށް ބޭނުންވާ ބޭސް އެތެރެކުރުމަށް ސަރުކާރުން އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ދަށަށް އެސްޓީއޯގެ ފާމަސީތައް ބަދަލު ކުރުމަށް ތައްޔާރުވެއްޖެ އެވެ.

ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސް އާއި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި މި ކުންފުނި އުފައްދާފައި ވަނީ ސެޕްޓެމްބަރު 9، 2025 ގައެވެ.

އެސްޓީއޯއިން ބުނީ އަންނަ މަހުގެ 15ގެ ނިޔަލަށް ބޭސް ފިހާރަތައް އެ ކުންފުނީގެ ދަށަށް ބަދަލު ކުރުމުގެ މަސައްކަތްތައް އެކި މަރުހަލާތަކަށް ބަހާލައިގެން ކުރަމުން އަންނަ ކަމަށެވެ. 

މުޅި ރާއްޖޭގައި އެސްޓީއޯއިން 196 ފާމަސީ ހިންގަމުންދާއިރު، އެ ހުރިހާ ފަމަސީއަކާއި އެތަންތަނުގެ ހުރިހާ މުވައްޒަފުން ވެސް ދެން މަސައްކަތް ކުރާނީ އެ ކުންފުނީގެ ދަށުންނެވެ.

ބޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކޮށްފައިވަނީ ޑރ. ޝާހު މާހިރެވެ. މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.