ރޯދަ މަހަށް ހާއްސަކޮށް ހުޅުމާލޭ ފޭސް 2 ގައި ވަގުތީ މާރުކޭޓެއް ތަރައްގީކުރަނީ

ޖުމްލަ 24 ގޮޅި ހުންނަ ގޮތަށް ތަރައްގީކުރާ މި މާރުކޭޓުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒުހިފާފަ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ ލޯކަލް މާރުކޭޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ: އެޗްޑީސީ

ކުރިއަށް އޮތް ރަމަޟާން މަހަށް ހާއްސަކޮށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ ލޯކަލް މާރުކޭޓެއް ތަރައްގީކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި އެވެ.

މި މާރުކޭޓު ތަރައްގީކުރަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތް ދޭތެރޭގަ އެވެ. 

ޖުމްލަ 24 ގޮޅި ހުންނަ ގޮތަށް ތަރައްގީކުރާ މި މާރުކޭޓުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒުހިފާފަ އެވެ. 

އަދި މާރުކޭޓުގެ މަސައްކަތް ނިމުމާއެކު ގޮޅި ލިބޭ ފަރާތްތައް ހޮވާނީ އާންމުކޮށް އިއުލާނުކޮށްގެން ކަމަށް އެޗްޑީސީން ބުންޏެވެ.

މިއީ ރަމަޟާން މަހަށް ތައްޔާރުވުމަށް އެޗްޑީސީން ކުރަމުން އަންނަ ގިނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު މޭވާއާއި ތަރުކާރީގެ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ތަރައްގީކުރެވޭ ވަގުތީ މާރުކޭޓެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.