އީރާނު ސަރުކާރުން ވަނީ މި ހަމަނުޖެހުންތަށް މައިތިރި ކުރަން މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރު ހަމަނުޖެހުންތައް ވަީ ކޮންމެވެސް ވަރަކަށް މައިތިރިވެފަ އެވެ.

ހުޅަނދުގެ ސަޕޯޓާއެކު އީރާނުގައި މުޒާހަރާ ކުރި މީހުން ކީރިތި ގުރުއާން އަންދާ މިސްކިތްތަކުގައި ހުޅުޖަހައި ގިނަ މިސްކިތްތަކެއް އަންދާޒާލާފައިވާ ކަމަށް ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވެއްޖެ އެވެ.
މިމަހުގެ ކުރީކޮޅުން ފެށިގެން އީރާނުގައި ކުރަމުން ގެންދާ މުޒާހަރާތަކާ ބެހޭ ގޮތުން އެ ގައުމުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން ގައުމީ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މުޒާހަރާކުރުމަކީ ރައްޔިތުންނަށް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް ސަރުކާރުން ދެކޭ ކަމަށާ އަދި ރައްޔިތުންގެ ޝަކުވާތައް އަޑުއަހައި، ދިރިއުޅުމުގެ ހާލަތު ރަނގަޅުކޮށް، އަދުލުވެރިކަމާއެކު ކަންކަން ހަމަޖެއްސުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ވައުދުވެވަޑައިގަތެވެ. ނަމަވެސް މިހާރު ކުރަމުން ގެންދާ މުޒާހަރާތަކުގައި މިސްކިތްތަކުގައި ރޯކުރުމާއި ކީރިތި ގުރުއާން އެންދުން އަދި އާންމު މުދަލަށާއި ފިހާރަތަކަށް ހަމަލާދީ ގެއްލުންދީފައިވާ ކަމަށާ އެކަން ސަރުކާރުން ބަލައި ނުގަންނާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މަސްޢޫދު ޕެޒެޝްކިއަން ވިދާޅުވީ މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކީ ބޭރުން ތަމްރީނު ދީފައިވާ ބައެއް ކަމަށާ އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މި ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ އެމެރިކާއާއި އިޒްރޭލެވެ. އަދި މިފަދަ ފަރާތްތަކުން ތަމްރީނުދީފައިވާ ބަޔަކު ގައުމުގައި ހަމަނުޖެހުން އުފައްދަން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ.
އީރާނު ސަރުކާރުން ވަނީ މި ހަމަނުޖެހުންތަށް މައިތިރި ކުރަން މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރު ހަމަނުޖެހުންތައް ވަީ ކޮންމެވެސް ވަރަކަށް މައިތިރިވެފަ އެވެ. މި ހަމަނުޖެހުންތަކުގައި ސަލާމަތީ ބާރުތަކާ ދެކޮޅަށް ހަތިޔާރުގެ ބޭނުންވެސް ކޮށްފައިވެ އެވެ. މިގޮތުން ހަމަނުޖެހުން މައިތިރި ކުރަން ކުރި މަަސައްކަތުގެ ތެރެއިން ގޮތުގައި 500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ސަލާމަތީ ބާރުތަކުން މަރުވި އަދަދު އުޅެނީ 70 އަށްވުރެ މަތީގަ އެވެ. އަދި 15 އަށްވުރެ ގިނަ މިސްކިތް އަންދާލައި މިސްކިތްތަކާއި ދީނީ މަދްރަސާތަކަށް ވަނީ ގެއްލުން ދީފަ އެވެ. އަދި ގިނަ ބޭންކްތަކާއި އޭޓީއެމްތަށް ވެސް ލޫޓުމާރުކޮށްލާފައިވެ އެވެ.