ސްޓެލްކޯގެ އެމްޑީކަމުން ވަކިކުރި ޝަމާހުގެ މައްސަލައެއް އޭސީސީއަށް ވައްދައިފި

ޝަމާހުގެ މައްޗަށް ތުހުމަތުކުރެވޭ ހިޔާނާތާ ގުޅޭ މައްސަލައެއް ލިބިފައިވާކަން ޔަގީންކޮށްދިނަސް، އެކަމާ ގުޅޭ ތަފްސީލެއް އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ކުއްލި ގޮތަކަށް އިއްޔެ ވަކިކުރި އަހުމަދު ޝަމާހު ރަޝީދުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ. 

ޝަމާހުގެ މައްޗަށް ތުހުމަތުކުރެވޭ ހިޔާނާތާ ގުޅޭ މައްސަލައެއް ލިބިފައިވާކަން ޔަގީންކޮށްދިނަސް، އެކަމާ ގުޅޭ ތަފްސީލެއް އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ. 

ޝަމާހު މަގާމުން ވަކިކުރުމަށްފަހު ސްޓެލްކޯގެ ހިންގުން ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ވަނީ ހަވާލުކޮށްފަ އެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އަޒުވަރު ވަނީ ކުންފުނީގެ ޕްރޮކިއުމަންޓް ހެޑްގެ މަގާމުގައި ހުންނެވި އަޒުހަދު ރަމީޒު މަގާމުން ވަކިކުރައްވާފަ އެވެ.

ސްޓެލްކޯގެ ޕްރޮކިއުމަންޓްގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ ބިއުރޯ ހެޑް އަސްފާ ހުސައިންއާ އެވެ.

ޝަމާހް ސްޓެލްކޯގެ މަގާމުން ވަކިކުރި ފަހުން، އޭނާގެ އަޑު ކަމަށް ބެލެވޭ މީހަކު ވާހަކަ ދައްކާ އޯޑިއޯއެއް ވަނީ ލީކުވެފަ އެވެ. ޝަމާހު ކަމަށް ތުހުމަތު ކުރާ އެ މީހާ ވަނީ ސްޓެލްކޯ މެދުވެރުކޮށް ނާޖައިޒު ފައިދާ ނަގާކަމުގެ ވާހަކަތަކެއް އެ އޯޑިއޯގައި ދައްކާފަ އެވެ.

އަދި އެ އޯޑިއޯގައި މަގާމުން ވަކިކުރި އަޒުހަދުގެ ވާހަކަވެސް ދައްކާފައިވެ އެވެ. އެގޮތުން ޝަމާހު ކަމަށް ތުހުމަތުކުރާ އެމީހާ ބުނެފައި ވަނީ "ސްޓެލްކޯއިން މަގޭ މި ކުޅިވަރު އެނގޭނެ ތިބޭނީ ދެ މީހުން. އެއީ އަޒްހަދާއި ސާއިދު،" މިހެންނެވެ.

ނަމަވެސް، ޝަމާހު ވަނީ އެއީ އޭނާގެ އަޑު ނޫން ކަމަށާއި، އެއީ އޭނާ ފްރޭމްކުރަން ކޮށްފައިވާ މަސައްކަތެއް ކަމަށް ބައެއް މީޑިއާތަކަށް ވިދާޅުވެފަ އެވެ. 

ޝަމާހު އެންމެ ފުރަތަމަ އައްޔަނު ކުރީ މިފްކޯގެ ސީއީއޯގެ މަގާމަށެވެ. އޭރު އޭނާ އެ މަގާމުން ވަކިކުރީ އެ ކުންފުނީގެ ތެރެއިން ނާޖާއިޒު ފައިދާ ނަގާކަމުގެ ތުހުމަތުތަކެއްވެސް ކޮށް، އެއް މަސް ދުވަހު ސަސްޕެންޑް ކުރުމަށްފަހު އެވެ. ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން ޝަމާހު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.

ސްޓެލްކޯގެ ފުރަތަމަ އެމްޑީ، ފަހުމީ މިހާރު ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.