މި އަހަރު ކުރީ އަހަރަށްވުރެ ރަނގަޅު | ޓޫރިޒަމް 12.9 ޕަސެންޓް ކުރީގައި

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 69,408 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 61,463 ޓޫރިސްޓުންނާ އަޅާބަލާއިރު 12.9 ޕަސެންޓުގެ އިތުރުވުމެކެވެ.

ވީއައިއޭ މެދުވެރިކޮށް ރާއްޖެއަށް އައި ޓޫރިސްޓެއް -- ވީއައިއޭ

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރަށްވުރެ ރަނގަޅު ކަމަށް ދައްކާއިރު، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އުޅެނީ 12.9 ޕަސެންޓުގެ ކުރީގަ އެވެ. 

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 69,408 ޓޫރިސްޓުން ވަނީ އައިސްފަ އެވެ. މިއީ މިދިޔަ އަހަރު އައި 61,463 ޓޫރިސްޓުންނާ އަޅާބަލާއިރު 12.9 ޕަސެންޓުގެ އިތުރުވުމެކެވެ. 

މި އަހަރަށް ބަލާއިރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ކަމަށް ދައްކަނީ ރަޝިއާއިންނެވެ. އެ ގައުމުން 13,157 ޓޫރިސްޓުން ވަނީ ޒިޔާރަތްކޮށްފަ އެވެ. އަދި ދެވަނާގައި އުޅޭ އިޓަލީއިން މި އަހަރުގެ މިހާތަނަށް 9,199 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ތިންވަނާގައި އުޅޭ ޔޫކޭއިން 5,163 ޓޫރިސްޓުން އައިސްފައިވެ އެވެ. 

އެންމެ ގިނައިން ޓޫރިސްޓުން އައި 10 ގައުމު

  •  ރަޝިއާ - 13,157
  •  އިޓަލީ - 9,199
  •  ޔޫކޭ - 5,163
  •  ޖަރުމަނު - 4,202
  •  ޗައިނާ - 2,944
  •  އިންޑިއާ - 2,280
  •  ޔޫއެސްއޭ - 2,214
  •  ކަޒަކިސްތާން - 1,694
  •  ފްރާންސް - 1,658
  •  އޮސްޓްރޭލިއާ - 1,610

މި އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ ތެރޭން 68,452 މީހުން އެތެރެވެފައިވަނީ ވީއައިއޭއިންނެވެ. އަދި ދެވަނާގައި އުޅެނީ މާފަރެވެ. އެ އެއާޕޯޓުން 280 މީހުން ރާއްޖެ ތެރެވެފައިވެ އެވެ. އަދި ގަން އިންޓަނޭޝަނަލް އެއާޕޯޓުން 237 މީހުން އައިސްފައިވާ ކަމަށް ދައްކަ އެވެ. މީގެ އިތުރުން ވިލާ މާމިގިލި އެއާޕޯޓުން ރާއްޖެއަށް 148 މީހުން އެތެރެވެފައިވެ އެވެ. އަދި ދާލު އެއާޕޯޓުން 101 މީހުން އައިސްފައިވާ ކަމަށް ދައްކަ އެވެ. 

މިދިޔަ އަހަރަކީ ރާއްޖޭގެ ޓޫރިޒަމަށް ކާމިޔާބު އަހަރެކެވެ. މިދިޔަ އަހަރު 2.2 މިލިއަން ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ. އަދި 5.5 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވެ އެވެ. މިއީ އެވްރެކޮށް ޓޫރިސްޓަކު 2500 ޑޮލަރުގެ ހަރަދު ކުރުމެކެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.