ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދުން ފެށިގެން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަބަބެއް ނުބުނެ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓޭޒަން ބޯޑު (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއަދުން ފެށިގެން އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަބަބެއް ނުބުނެ އެވެ.
ސްޓެލްކޯގެ އެމްޑީގެ މަގާމަށް ޝަމާހު އައްޔަނުކުރީ އެ މަގާމުގައި ކުރިން ހުންނެވި ހުސައިން ފަހުމީ ވަކިކުރުމަށްފަހު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު 7، ގަ އެވެ. ޝަމާހު މަގާމުން ވަކިކޮށްފައި މިވަނީ އައްޔަނުކުރިތާ ހަތަރު މަސް ފަހުންނެވެ.
ޝަމާހު އެންމެ ފުރަތަމަ އައްޔަނު ކުރީ މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. އޭރު އޭނާ އެ މަގާމުން ވަކިކުރީ އެއް މަސް ދުވަހު ސަސްޕެންޑް ކުރުމަށްފަހު އެވެ. ސްޓެލްކޯގެ އެމްޑީގެ މަގާމަށް އައްޔަނު ކުރުމުގެ ކުރިން ޝަމާހު ހުންނެވީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ.
ސްޓެލްކޯގެ ފުރަތަމަ އެމްޑީ، ފަހުމީ މިހާރު ހުންނެވީ ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގަ އެވެ.