ރިޔާސީ ބަޔާން އިއްވުން އަންނަ މަހު 5 ގައި

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވަނީ --

އަންނަ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހަކީ ރިޔާސީ ބަޔާން އިއްވާ ދުވަހުގެ ގޮތުގައި ކަނޑައަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ބުނީ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ، އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވާފައިވާ ކަމަށެވެ.

އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެ އެވެ. ޖަލްސާ ބޭއްވުމަށް ނިންމާފައި ވަނީ އެ ދުވަހު ހެނދުނު 9:00 ގައެވެ.

މިދިޔަ އަހަރުން ފެށިގެން ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ. އެހެންކަމުން ފެބްރުއަރީ ފަހެއް ވާ ބުރާސްފަތި ދުވަސްވެސް ސަރުކާރު ބަންދުވާނެ އެވެ.

އަންނަ މަހު މަޖިލިސް މިއަހަރަށް ހުޅުވާއިރު، ދައުރުން ބޭރުން ދެ ޖަލްސާއެއް ބާއްވާފައިވެ އެވެ. އެ ޖަލްސާތަކުގައި ސަރުކާރުގެ ފަރާތުން ވަނީ ބިލުތަކެއް ހުށަހަޅާފަ އެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީ އިސްލާހު ކުރާ ބިލު ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.