މިއީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް މިއަދު މާލެ އާއި ގއ. އަތޮޅުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ފަށާފައިވާ މި އޮޕަރޭޝަނަކީ ފުލުހުން ފަށާފައިވާ "އޮޕަރޭޝަން" އަލިމަގުގެ ދަށުން ކުރާ މަސައްކަތެއް ކަމަށެވެ.
މިއީ ގއ. އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގަމުންދާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި، ގާނޫނު ތަންފީޒު ކުރުމުގެ ގޮތުން އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
އަލިމަގު އޮޕަރޭޝަނުގެ ދަށުން މުޅި ރާއްޖެއިން 119 މީހަކު ހައްޔަރުކޮށް، 29.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކުރިން ފުލުހުން ބުނެފައިވެ އެވެ. އޭގެ ތެރެއިން ގދ. އަދި ގއ. އަތޮޅުން 16 މީހަކު ހައްޔަރުކޮށްފައިވެ އެވެ.