ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި ގޮތަށް ބަލާއިރު ބްރެންޓް ކުރޫޑް ބާޒާރުގައި ތެލުގެ އަގު މިހާރު ހުރީ ފީފާއެއް 85 އާއި 90 ޑޮލަރާ ދެމެދު ގައެވެ.

އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ވަގަށް ނެގުމާއި، އީރާންގައި ފައްޓާފައިވާ ހަމަނުޖެހުންތަކާއެކު އިގްތިސޯދަށް މިވަނީ އިތުރު ނުތަނަވަސްކަމެއް އައިސްފަ އެވެ. ދުނިޔޭގެ ތެލުގެ އެންމެ މުއްސަނދި ދެ ގައުމުގައި އުފެދުނު މި ހަމަނުޖެހުންތަކުގެ ނަތީޖާއަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް މައްޗަށް ޖެހިލުމެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި ގޮތަށް ބަލާއިރު ބްރެންޓް ކުރޫޑް ބާޒާރުގައި ތެލުގެ އަގު މިހާރު ހުރީ ފީފާއެއް 85 އާއި 90 ޑޮލަރާ ދެމެދުގަ އެވެ. މިއީ މިދިޔަ އަހަރުގެ ފަހުކޮޅާ އަޅާބަލާއިރު ބޮޑުވުމެކެވެ. އަދި ޑަބްލިއުޓީއައި ގައި އެމެރިކާގެ ތެލުގެ އަގު ވެސް ވަނީ ފީފާއެއް 82 ޑޮލަރަށްވުރެ މައްޗަށް ގޮސްފަ އެވެ.
މިފަހަރު ތެލުގެ އަގު އުފުލެން މެދުވެރިވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ތެޔޮ ކޮންޓްރޯލް ކުރާ ޖަމިއްޔާ އޯޕެކްގެ ނިންމުމާ ގުޅިގެންނެވެ. އޯޕެކް ގައުމުތަކުން ވަނީ ތެޔޮ އުފައްދާ ގައުމުތަކުން ތެޔޮ ނެރޭ މިންވަރު މަދުކޮށް ހިފެހެއްޓުމަށް ނިންމައިފަ އެވެ.
އެ ނިންމުމުގެ ސަބަބުން ސަޕްލައި ވަނީ ދަށްވެފަ އެވެ.
އަނެއް ސަބަބަކީ ސަރަހައްދީ ހަމަނުޖެހުން އިތުރުވުމެވެ. މިގޮތުން މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވުމާއި، ރަތްގަނޑު ސަރަހައްދުގައި މުދާ އުފުލުމަށް ހުރި ހުރަސްތަކުގެ ސަބަބުން ތެޔޮ ލިބުމަށް ވަނީ ދަތި ތަކެއް ކުރިމަތިވެފަ އެވެ. މި ހުރިހާކަމެއް މިގޮތުގައި އޮއްވައި ޑިމާންޑްވެސް ވަނީ އިތުރުވެފަ އެވެ. މިގޮތުން ޗައިނާ ފަދަ ބޮޑެތި އިގްތިސާދުތަކުގެ އިންޑަސްޓްރިއަލް މަސައްކަތްތައް އިތުރުވުމާ ގުޅިގެން ތެލަށް އޮތް ބޭނުން ވަނީ ބޮޑުވެފަ އެވެ.