ޑިސެމްބަރު މަހު އާސާސީ މުދަލުގެ އަގު އުފުލުން %0.51 ގައި

ޖުމްލަ އާސާސީ މުދަލުގެ އަގު އުފުލުނު ނަމަވެސް ތަރުކާރީ އަހަރުން އަހަރަށް ބަލާއިރު -9.22 % އަގު އަގުހެޔޮވެފައި ހުރިކަމަށް ދައްކަ އެވެ.

ބާޒާރުގައި މީހަކު ވިޔަފާރި ކުރަނީ -- މި

މި އަހަރުގެ ޑިސެމްބަރު މަހު އާސާސީ މުދަލުގެ އަގު އުފުލުން ހުރީ 0.51 ޕަސެންޓްގައި ކަމަށް އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް (އީސީޕީއައި) އިން ދައްކައިފި އެވެ. 

އާސާސީ މުދަލާއި ހިދުމަތުގެ އަގުތަކަށް އަންނަ ބަދަލު އަންގައިދޭން ސްޓެޓިސްޓިކް ބިއުރޯއިން ނެރޭ، އީސީޕީއައި ދައްކާ ގޮތުން މަހުން މަހަށް އައި ބަދަލު ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު އަޅާބަލާއިރު ޑިސެމްބަރު މަހު އަގުތައް ވަނީ 0.51 ޕަސެންޓް އުފުލިފަ އެވެ. އަދި އަހަރުން އަހަރަށް މި ބަދަލު ބަލާއިރު 2024 ގެ ޑިސެމްބަރާ އަޅާބަލާއިރު އަގުތައް 0.95 ޕަސެންޓް އުފުލިފައިވާ ކަމަށް ދައްކަ އެވެ. 

އީއީޕީއައި ދައްކާ ގޮތުން ކާބޯތަކެތީގެ އަގުތައް މަހުން މަހަށް ބަލާއިރު ވަނީ 0.68 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. ނަމަވެސް ތަރުކާރީ އަހަރުން އަހަރަށް ބަލާއިރު 9.22 ޕަސެންޓް އަގު އަގުހެޔޮވެފައި ހުރިކަމަށް ދައްކަ އެވެ. ނަމަވެސް މަހުގެ އަގުތައް ވަނީ 0.64 ޕަސެންޓް އުފުލިފަ އެވެ. 

ކާބޯތަކެތީގެ އެކި ބާވަތްތަކަށް އައި ބަދަލު

  •  މޭވާ އަދި ތަރުކާރީ - +5.05 ޕަސެންޓް
  •  ކިރު، ބިސް އަދި ކިރުގެ އުފެއްދުންތައް - +1.12 ޕަސެންޓް
  •  ހަކުރު، ޖޭމް އަދި ފޮނިކާ އެއްޗެހި - +1.07 ޕަސެންޓް

އެހެނިހެން ހިދުމަތްތަކަށް ބަލާއިރު ހަކަތައިގެ އަގުތައް ވަނީ 0.04 ޕަސެންޓް ދަށްވެފަ އެވެ. ނަމަވެސް އަހަރުން އަހަރަށް ބަލާއިރު މި އަދަދު ހުރީ 2.45 ޕަސެންޓް މަތީގަ އެވެ. އަދި  ޕާސަނަލް ކެއާ ނުވަތަ އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތީގެ އަގު ވެސް 0.39 ޕަސެންޓް މަތިީގައި ހުރިކަމަށް ދައްކަ އެވެ. ނަމަވެސް ކައްކާ ގޭހުގެ އަގު ވަނީ 0.19 ޕަސެންޓް ދަށްވެފަ އެވެ

އީސީޕީއައި - އީސީޕީއައި ނުވަތަ އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސްއަކީ އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ މުދަލާއި ހިދުމަތްތަކުގެ އަގަށް އަންނަ ބަދަލު މިނެކިރުމަށް ބޭނުންކުރާ މިންގަނޑެކެވެ. މި މިންގަނޑު ބަލަން ބޭސް ޕީރިއަޑްއެއްގެ ގޮތުގައި ކޮންމެ އިންޑެކްސްއަކަށް ވެސް އަޅާކިޔާނެ ވަކި އަހަރެއް ނުވަތަ މަހެއް ކަނޑަ އަޅައިގެންނެވެ. ރާއްޖޭަގައި އީސީޕީއައި ބޭސް ޕީރިއަޑަކީ ނޮވެމްބަރު 2022 އެވެ. މާނައަކީ މިހާރުގެ އަގުތައް މި އަޅާކިޔަނީ 2022 ގެ ނޮވެމްބަރު މަހުގެ އަގުތަކާ އެވެ. އެ މަހުގެ އަގަކީ 100 ކަމަށް ބަލަ އެވެ. އީސީޕީއައި ހިސާބުކުރަނީ އާންމު ގޭބިސީތަކުން އާންމުކޮށް ގަނެއުޅޭ މުދަލާއި ހިދުމަތްތަކުގެ "ވަށިގަނޑެއް" ނުވަތަ ލިސްޓެއް އެކުލަވާލައިގެންނެވެ. މީގެ ތެރޭގައި ހިމެނޭ ކާބޯތަކެތީގެ ބާވަތްތަކަކީ ބަތް، ފުށް، މަސް، ތަރުކާރީ، މޭވާ އެވެ. އަދި ހަކަތައިގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ކަރަންޓު، ފެން، އަދި ކައްކާ ގޭހެވެ. މީގެ އިތުރުން އަމިއްލަ ސާފުތާހިރުކަމުގެ ސާމާނުގެ ތެރޭގައި ހިމެނެނީ ސައިބޯނި، ދަތްއުނގުޅާ ބޭސް، ޝޭމްޕޫ ފަދަ ތަކެއްޗެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.