އަދާލަތު ވެއްޓިފައިވާ ވަޅުގަނޑުން ނަގަން ރައީސްގެ މަގާމަށް އިކްރާމް

އިކްރާމް ވިދާޅުވީ 2005 ވަނަ އަހަރު އަދާލަތު ޕާޓީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި މެންބަރެއްގެ ހައިސިއްޔަތުން، ޕާޓީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރައީސްގެ މަޤާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އިކްރާމް ޢަބްދުއްސައްތާރު

އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް އިކްރާމް ޢަބްދުއްސައްތާރު ކުރިމަތިލީ އެ ޕާޓީ ވެއްޓިފައިވާ ވަޅުގަނޑުން ނަގަން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. 

އަދާލަތު ޕާޓީގެ ހަތަރުވަނަ ދައުރުގެ ރައީސްގެ މަގާމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އިކްރާމް ވިދާޅުވީ އެމަގާމަށް ކުރިމަތިލީ އެޕާޓީއަށް ބޮޑު ރިފޯމެއް ގެންނަން ޖެހިފައިވާތީ ކަމަށެވެ.

އިކްރާމް ވިދާޅުވީ 2005 ވަނަ އަހަރު އަދާލަތު ޕާޓީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވި މެންބަރެއްގެ ހައިސިއްޔަތުން، ޕާޓީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ޖެހޭކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެގޮތުން ކުރިން ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ ބޮޑު ތާއީދެއްއޮތް އަދާލަތު ޕާޓީއަކީ މިހާރު އާއްމުންގެ އިތުބާރު އަލުން ހޯދަން ޖެހިފައިވާ ޕާޓީއެއްކަމަށް އޭނާ ގަބޫކުރައްވާ ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން އިކްރާމްގެ އެންމެ ބޮޑު އަމާޒަކީ އެކަން ބަދަލުކޮށް، ކުރިން ޕާޓީއަށް ލިބިފައިވާ ގަދަރާއި ރީތިނަން އަނބުރާ އިއާދަކޮށް، ޕާޓީއަށް މެންބަރުން އިތުރުކޮށް ރައްޔިތުންގެ ތެރޭގައި މަގުބޫލު ޕާޓީއަކަށް އަދާލަތު ޕާޓީ ހެދުންކަމުގައި އޭނާ ވިދާޅުވެފައިވެ އެވެ.

އިކްރާމް - އިކްރާމްއަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ޑިގްރީއާއި މާސްޓާސް އަދި ޕީއެޗްޑީ ފުރިހަމަ ކުރެއްވުމަށްފަހު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސީނިއަ ލެކްޗަރާއަކަށް މަސައްކަތް ކުރައްވަމުންގެންދަވާ ބޭފުޅެކެވެ. އައިޔޫއެމްގައި ގާނޫނާއި ރިސާޗްގެ މާއްދާތައް ކިޔަވައިދެއްވުމުގެ އިތުރުން، ގާނޫނީ ވަކީލުކަންވެސް ކުރައްވަމުންގެންދަވާ އިކްރާމަކީ 2005 ވަނަ އަހަރުން ފެށިގެން އަދާލަތު ޕާޓީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އައިސްފައިވާ ފަރާތެކެވެ. 2017 ވަނަ އަހަރުން ފެށިގެން ޕާޓީގެ މިސްރާބު ކަސިޔާރުވެ، އަދާލަތު ޕާޓީ އުފެއްދި އަސްލު މަގުސަދާއި ހިލާފަށް ޕާޓީ ހިންގަމުންގެންދާ ކަމަށް ގަބޫލުރެވޭތީ، ޕާޓީގެ ހަރަކާތްތަކާއި ދުރުގައި ހުންނަވާތާ ހައެއްކަ އަހަރު ވެދާނޭކަމަށް އޭނާ ވިދާޅުވެ އެވެ.

އިކްރާމްގެ ރަނިންމޭޓަކަށް ހިޔާރުކުރައްވާފައިވާ މުހައްމަދު މުއްތަލިބަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން މެރިން ރިސޯސަސް ދާއިރާއިން ޑިގްރީ ހާސިލްކުރައްވައި، މިދާއިރާއިން ދިގު މުއްދަތަކަށް ސަރުކާރަށް ހިދުމަތްކުރައްވައި، ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ދާއިރާ ތަރައްގީ ކުރުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ. އަދި ޕާޓީގެ މަޝްވަރާ މަޖްލީސްގައި ހަރަކާތްތެރިވެފައިވާ ޕާޓީގެ ދުވަސްވީ މެންބަރެކެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.