މި އަަހަރު ރާއްޖޭގައި އަލަށް ހަތް ރިސޯޓެއް ހުޅުވާނެ

ޓޫރިޒަމް މައުލޫމާތުތަކުން އެނގޭ ގޮތުން މި އަހަރު ރާއްޖޭގައި ހުޅުވާނެ އެންމެ މަޝްހޫރު އެއް ރިސޯޓަކީ މަޝްހޫރު ބުލްގާރީ ބްރޭންޑުން ހުޅުވާ ރިސޯޓެވެ.

ބުލްގާރީ ބްރޭންޑުން ހުޅުވާ ރިސޯޓުގެ ކުރެހުމެއް

މި އަހަރު ޓޫރިޒަމް ސިނާއަތަށް އަލަށް ކިތަށް ރިސޯޓް ނުކުންނެ ހެއްޔެވެ؟ މި ރިސޯޓ އެނދުތައް ބެހިގެންދާނީ ކިހިނެއް ހެއްޔެވެ؟

ޓޫރިޒަމް މިނިސްޓްރީން މިރާ އަށް ފޮނުވާފައިވާ ރަސްމީ މީ ލިޔުންތަކުން އެނގޭ ގޮތުން މި އަހަރު ހަތް ރިސޯޓެއް ހުޅުވާނެ އެވެ. 

ޓޫރިޒަމް ސިނާއަތުގެ މައުލޫމާތުތަކުން އެނގޭ ގޮތުން މި އަހަރު ހުޅުވާނެ އާ ރިސޯޓްތަކުގެ ލިސްޓުގައި ހުރި އެންމެ މަޝްހޫރު އެއް ރިސޯޓަކީ މަޝްހޫރު ބުލްގާރީ ބްރޭންޑުން ރ. ރަންފުށީގައި ހުޅުވާ ރިސޯޓެވެ. މީގެ އިތުރުން ސިކްސް ސެންސަސްގެ ރަށްގިރި މޯލްޑިވްސް އާއި ދިންމާގާ މޯލްޑިވްސް އެވެ. 

ރާއްޖޭގައި ހުރި ޓޫރިސްޓް ރިސޯޓްތަކުގެ ތެރޭން މާލެ އަތޮޅުގައި ޖުމްލަ 13,500 އަށްވުރެ ގިނަ އެނދު މިވަގުތުވެސް އެބަހުއްޓެވެ. މިއީ ޖުމްލަ ޓޫރިސްޓު އެނދުގެ ގާތްގަނޑަކަށް 31 ޕަސެންޓެވެ. އަދި ދެވަނައަށް އެންމެ އެނދު ގިނަ އދ. އަތޮޅުގައި ހުރީ 5,800 އަށްވުރެ ގިނަ އެނދެ އެވެ. އެއީ ޖުމްލަ އެނދުގެ 13 ޕަސެންޓެވެ. 

މިދިޔަ އަހަރު ވެސް ވަނީ ރާއްޖޭގައި ދުނިޔޭގެ ނަން މަަޝްހޫރު ގިނަ އަދަދެއްގެ ރިސޯޓްތަކެއް ހުޅުވާފަ އެވެ. މިގޮތުން މިދިޔަ އަހަރު ހުޅުވި ރިސޯޓްތަކުގެ ތެރޭގައި ކ. ބޮލިދުއްފަރުގައި ހުޅުވި މަންޑަރިން އޮރިއެންޓަލް މޯލްޑިވްސް އާއި ހއ. މަކުނުދޫ ފަޅުގައި ހުޅުވި ސޮނޭވާ ސީކްރެޓް އަދި ބ. އަތޮޅުގައި ހުޅުވި ނިއުހީ އެޓް ދިގުފަރު ހިމެނެ އެވެ. މީގެ އިތުރުން މާލޭގައި ހުޅުވި ފަސް ތަރީގެ ރަލް ރީފް ރިސޯޓް ބައި ބާސެލޯ ވެސް ހިމެނެ އެވެ. އަދި ރިއު ޕެލަސް ރިސޯޓުވެސް ހިމެނެ އެވެ. 

މިދިޔަ އަހަރު ނިމުނުއިރު، ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓުތަކުގެ ޖުމްލަ އަދަދު ވަނީ 175 އަށްވުރެ އިތުރުވެފަ އެވެ. އަދި މި ސަރުކާރުގެ އަމާޒަށް ވަނީ ވާސިލްވެފަ އެވެ. އަދި ރިސޯޓްތަކުގައި މިހާރު ހުރި އެނދުގެ އަދަދު 44,807 އަށްވުރެ އިތުރެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.