މިފަހަރު ވިއްކަން ހުޅުވާލާފައިވަނީ 28 ދުވަހުން މުއްދަތު ހަމަވާ އެއް ބިލިއަން ރުފިޔާގެ ޓީބިލްއަކާއި 98 ދުވަހުން މުއްދަތު ހަމަވާ 105 މިލިއަން ރުފިޔާގެ ޓީބިލްއެއްގެ އިތުރުން 175 ދުވަުން މުއްދަތިު ހަމަވާ 110 މިލިއަން ރުފިޔާގެ ޓީބިލް އެވެ.

ދައުލަތުގެ ހަރަދު ހަމަޖައްސަން ތިން ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަން ފިނޭންސް މިނިސްޓްރީން ހުޅުވާލައިފި އެވެ.
ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ސިލްސިލާކޮށް ކުރިއަށް ގެންދާ ޓީބިލް ވިއްކުމުގެ ތެރޭން މިފަހަރު ވިއްކަން ހުޅުވާލާފައިވަނީ ތިން ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާށެވެ.
މިފަހަރު ވިއްކަން ހުޅުވާލާފައިވަނީ 28 ދުވަހުން މުއްދަތު ހަމަވާ އެއް ބިލިއަން ރުފިޔާގެ ޓީބިލްއަކާއި 98 ދުވަހުން މުއްދަތު ހަމަވާ 105 މިލިއަން ރުފިޔާގެ ޓީބިލްއެއްގެ އިތުރުން 175 ދުވަުން މުއްދަތިު ހަމަވާ 110 މިލިއަން ރުފިޔާގެ ޓީބިލްއެއްގެ އިތުރުން 364 ދުވަހުން މުއްދަތު ހަމަވާ 1,7 ބިލިއަން ރުފިޔާގެ ޓީބިލް އެކެވެ.
ސަރުކާރުން ވިއްކާފައިވާ ޓީ-ބިލާއި އެހެނިހެން ސެކިއުރިޓީޒްގެ ޖުމްލަ އަދަދު އުޅެނީ ގާތްގަނޑަކަށް 75 ބިލިއަން އާއި 80 ބިލިއަން ދިވެހި ރުފިޔާއާ ދެމެދުގަ އެވެ. އަދި މިދިޔަ އަހަރު ދައުލަތުގެ ޚަރަދުތައް ފޫބެއްދުމަށްޓަކައި އިތުރު ޓީ-ބިލްތައް ވަނީ ވިއްކާފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް މި އަދަދު ވަނީ 85 ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ގޮސްފަ އެވެ.