ކައުންސިލް އިންތިހާބު: ރާއްޖޭން ބޭރުގައި ވޯޓު ލަނީ މެލޭޝިއާ އަދި ލަންކާގައި އެކަނި

މިފަހަރު ރާއްޖެއިން ބޭރުގައި ބަހައްޓަނީ ދެ ވޯޓު ފޮއްޓެވެ. އެއީ އެންމެ ގިނައިން ދިވެހިން ދިރިއުޅޭ ލަންކާ އަދި މެލޭޝިއާގަ އެވެ.

އިންތިހާބެއްގައި ބަޔަކު ވޯޓްލާން ނުކުމެ ވޯޓް ލަނީ -- އީސީ

އަންނަ އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ޖުމްލަ 621 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

އީސީއިން އިއްޔެވަނީ މި ވޯޓު ފޮށިތަކުގެ މައުލޫމާތު އާންމުކޮށްފަ އެވެ. އެގޮތުން އަތޮޅުތެރޭގައި 321 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި 240 ވޯޓު ފޮށި ބަހައްޓާނެ އެވެ. ރިސޯޓުތަކުގައި 50 ފޮށި އަދި ސިނާއީ މަސައްކަތް ކުރާ ތަންތަނުގައި ތިން ވޯޓު ފޮށި ބަހައްޓާނެ އެވެ. ޖަލުތަކުގައި ބަހައްޓަނީ ފަސް ފޮއްޓެވެ.

މިފަހަރު ރާއްޖެއިން ބޭރުގައި ބަހައްޓަނީ ދެ ވޯޓު ފޮއްޓެވެ. އެއީ އެންމެ ގިނައިން ދިވެހިން ދިރިއުޅޭ ލަންކާ އަދި މެލޭޝިއާގަ އެވެ. 

އީސީ) އިން އާންމު ކުރި ލިސްޓުން ދައްކާ ގޮތުގައި މި އިންތިހާބުގައި 294،937 މީހަކަށް ވޯޓު ލެވޭނެ އެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ. 

މި އިންތިހާބުގައި 225 ދާއިރާއަކަށް މެންބަރުން އިންތިބު ކުރާނެ އެވެ. އިންތިހާބުގައި ކުރިމަތިލާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމަށް މިދިޔަ އަންގާރަ ދުވަހު އީސީން ވަނީ ހުޅުވާލާފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.