ރޯދަމަހު ބަހަން 118,000 ދަޅު މަސް | ޕްރޮޑަކްޝަން ނިމުމަކާ ގާތަށް

މި އަހަރު ޕްރޮޑަކްޝަން ޝެޑިއުލަށް ބަދަލެއް ނުގެނެސް އުފެއްދުންތައް ތައްޔާރުކޮށް ގާތްގަނޑަކަށް ވަނީ ނިމިފަ އެވެ. މި ޕްރޮޝަކްޝަން މިމަހު ނިމޭނެ ކަމަށް މިފްކޯއިން ބުނެފައިވެ އެވެ.

މާލޭގައި މަސްދަޅު ކޭސް ދޫކުރަނީ --

މި އަހަރު ރޯދަ މަހު ރައްޔިތުންނަށް ބަހަށް 118,000 މަސްދަަޅު ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާ، އެ މަސައްކަތް ނިމުމަކާ ގާތް ވެފައިވާ ކަމަށް ބުނެފި އެވެ. 

މިފްކޯގެ ހިދުމަތްތަކާ ބެހޭ ގޮތުން ގައުމީ ޓީވީގައި ވާހަކަ ދައްކަވަމުން  މިފްކޯގެ ސީއީއޯ ބްރިގޭޑިއަ ޖެނެރަލް (ރޓޑ) ފަރުހަތު ޝަހީރު ވިދާޅުވީ އެ ކުންފުންޏަށް މިދިޔަ އަހަރު ރޯދަ މަހު ބަހާ މަސް ދަޅު އުފެއްދުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ ކުއްލިގޮތަކަށްވުމުން އެ އޮޕަރޭޝަން ދިޔައީ ހަލަބޮލި ގޮތަކަށެވެ. ނަމަވެސް މިފަހަރު ދުރާލާ ވަގުތު އޮންނަ ގޮތަށް އެކަން ހަވާލު ކުރުމުން ތައްޔާރުވެ އެ މަސައްކަތްކޮށް މިމަހުގެ 15 ވަނަ ދުވަހު ރޯދަ މަހަށް ބޭނުންވާ މަސްދަޅު އުފެއްދުން ނިންމާލާނެ ކަމަށާ މި އަހަރު  މަސް ދަޅު އުފައްދާނެ ކަމަށް ފަރުހަތު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ މި އަހަރު ރޭވުންތެރިކަމާއެކު ޕްރޮޑަކްޝަން ގެންދިއުމުން ބޭރުގެ ސަޕްލައިއަތުންނަށް ބޭނުންވާ ވަަރަށްވެސް މަސް ދަޅު ވަނީ އުފެއްދިފަ އެވެ. 

"މި އަހަރު ޕްރޮޑަކްޝަން ޝެޑިއުލަށް ބަދަލެއް ނުގެނެސް އުފެއްދުންތައް ތައްޔާރުކޮށް ގާތްގަނޑަކަށް ވަނީ ނިމިފަ. މި ޕްރޮޝަކްޝަން މިމަހު ނިމޭނެ. އެހެންނަމަވެސް ބަރާބަށް އުފައްދާ ނިންމާލެވުނީ. މީގެ ބައެއް ސިޓީސް މިނިސްޓްރީ އާއި އެސްޓީއޯ ގުޅިގެން ރާއްޖޭގެ އުތުރަށާއި ދެކުނުގައި ރައްކާ ކުރެވިފައި ވެސް ހުންނާނެ. ސިޓީސް މިނިސްޓްރިއާއެކު ކުރި މަސައްކަތުން އެނގޭ ވަރަށް އަވަހަށް ޑިސްޓިބިއުޝަން ފަށާނެކަން،" ފަރުހަތު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި މި އަހަރުވެސް ފިހުނު މަހާއި ރޯދަ މަހަށް ހާއްސަ މަސް ދަޅެއްވެސް ނެރޭނެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.