އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި ލިސްޓުން ދައްކާ ގޮތުގައި މި އިންތިހާބުގައި 294،937 މީހަކަށް ވޯޓު ލެވޭނެއެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމު ކުރި ލިސްޓުން ދައްކާ ގޮތުގައި މި އިންތިހާބުގައި 294،937 މީހަކަށް ވޯޓު ލެވޭނެއެވެ. އެއީ 144،527 އަންހެނުންނާއި 150،410 ފިރިހެނުންނެވެ.
އީސީއިން ބުނީ އެސްއެމްއެސްއެއް ކޮށްގެން އެމީހެއްގެ ރަޖިސްޓްރީ މިހާރު ބަލައިލެވޭނެ ކަމަށެވެ. (VR space IDNO Send to 1414)
އަދި ރަޖިސްޓްރީއަށް ޝަކުވާ ހުށަހަޅާނީ އީސީގެ މައިޕޯޓަލް މެދުވެރިކޮށް، މިމަހުގެ 18ވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިންނެވެ. އެ މުއްދަތުގައި ރަޖިސްޓަރީ ސައްހަ ކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ކަމަށް އީސީން ބުންޏެވެ.
އެގޮތުން ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ނުވަތަ އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.
އެ ކޮމިޝަނުން ބުނީ ވޯޓާސް ރަޖިސްޓްރީއަށް ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅާނީ އެކަމަށް ހާއްސަކޮށްފައިވާ "ސިމެދަ ޕޯޓަލް" މެދުވެރިކޮށް ކަމަށެވެ.
މި އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. އިންތިހާބުގައި ކުރިމަތިލާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމަށް މިދިޔަ އަންގާރަ ދުވަހު އީސީން ވަނީ ހުޅުވާލާފަ އެވެ.