އިންކަމް ޓެކުހުގެ އިސްތިސްނާ ދިން ބިޔަ މަޝްރޫއުތަކުގެ ލިސްޓް 19 އަށް

އެގްޒިމް ލޯނުން ހިންގާ މަޝްރޫއުތަކާއި ބޮޑެތި ބިޔަ ބޭރުގެ މަޝްރޫއުތަކަށް އިންކަމް ޓެކުހުގެ އިސްތިސްނާ ދިނުމަކީ ދައުލަތުން އަބަދު ވެސް ކުރާ ކަމެކެވެ. މި ލިސްޓުގައި 19 މަޝްރޫއެއް ހިމެނެ އެވެ. ގިނައީ ސައޫދީ އަދި އިންޑިއާ ލޯނުގެ މަޝްރޫއުތަކެވެ.

ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަޝްރޫއު

ރާއްޖޭގައި ހިންގާ ބިޔަ 19 މަޝްރޫއު ހިންގާ ބޭރުގެ ކުންފުނިތަކަށް އިންކަމް ޓެކުހުގެ އިސްތިސްނާ ދީފި އެވެ. 

މި އިސްތިސްނާއަކީ އިންކަމް ޓެކްސް ގާނޫނުން ހާއްސަ ހާލަތްތަކެއްގައި ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ވަކި މަޝްރޫއުތަކަކުން ނުވަތަ ސިނާއަތްތަކުން ލިބޭ އާމްދަނީ އިންކަމް ޓެކްސް އިން އިސްތިސްނާ ކުރުމުގެ އިހްތިޔާރު ދީފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އިސްތިސްނާ ދިން ލިސްޓުގައި 19 މަޝްރޫއެއް ހިމެނެ އެވެ. މީގެތެރޭގައި ހިމެނެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިސްތިސްނާ ދެއްވި މަޝްރޫއުތަކާއި މި ސަރުކާރުން ޓެކުހުގެ އިސްތިސްނާ ދެއްވި މަޝްރޫއުތަކެވެ.

އިންކަމް ޓެކްސްއިން އިސްތިސް ދިން މަޝްރޫއުތައް

  •  އައްޑޫ ސިޓީ ތަރައްގީގެ މަޝްރޫއުތައް: މަގު ހެދުމާއި، ބަނދަރާއި، ކޮންސަލްޓެންސީ މަސައްކަތްތައް
  •  ފެނާއި ނަރުދަމާގެ މަޝްރޫއުތައް: ރާއްޖޭގެ އެކި އަތޮޅުތަކުގެ ގިނަ ރަށްތަކެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުން
  •  ހަނިމާދޫ އެއާޕޯޓް ތަރައްގީގެ މަޝްރޫއު
  •  މާލެ-ތިލަފުށި ލިންކް މަޝްރޫއު (ތިލަމާލެ ބްރިޖް)
  •  ހުޅުމާލޭގައި 2،000 ސޯޝަލް ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫއުތައް
  •  ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕަސެންޖަރު ޓާމިނަލް ތަރައްގީކުރުން
  •  ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުން
  •  މިފްކޯ އަދި ފެލިވަރު އެކްސްޕެންޝަން މަޝްރޫއު

އިންކަމް ޓެކުހުގެ އިސްތިސްނާ ދީފައިވާ ގިނަ މަޝްރޫއުތަކަކީ ރާއްޖެ އާއި ބޭރު ގައުމުތަކާއެކު އޮންނަ ދޭދޭ ގުޅުމުގެ ދަަށުން އެ ގައުމުގެ އެގްޒިމް ބޭންކްތަކުން ލޯނު ދީގެން ހިންގާ މަޝްރޫއުތަކެވެ. ލިސްޓުގައިވާ ގިނަ މަޝްރޫއުތަކަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ  ލައިން އޮފް ކްރެޑިޓް ދަށުން ފައިނޭންސް ކުރެވިފައިވާ މަޝްރޫއުތަކަކަށް ވާތީ، އެ އެއްބަސްވުމުގެ ދަށުން އެ މަޝްރޫއުތަކާ ގުޅޭ ޓެކްސްތައް ދިވެހި ސަރުކާރުން ވަނީ އިސްތިސްނާކޮށްދީފަ އެވެ. މީގެ އިތުރުން ދެން ހިމެނެނީ ސައުދީ ބިންލާދިން ގްރޫޕް ފަދަ ކުންފުނިތަކަށް އިސްތިސްނާ ދީފައިވަނީ "ފޮރިން އިންވެސްޓްމަންޓް އެގްރީމަންޓް" ތަކުގެ ދަށުންނެވެ.

އިސްތިސްނާ ލިބޭ އިންފްރާސްޓްރަކްޗާ މަޝްރޫއުތައް

  •  ތިލަމާލެ ބްރިޖު ލިންކް މަޝްރޫއު
  •  ކޮންޓްރެކްޓަރު: އެފްކޮންސް އިންފްރާސްޓްރަކްޗާ ލިމިޓެޑް
  •  އިންވެސްޓްމަންޓް 8.17 ބިލިއަން ރުފިޔާ
  •  މުއްދަތު: 16 ސެޕްޓެމްބަރު 2021 އިން 30 ސެޕްޓެމްބަރު 2027 އަށް (އިސްތިސްނާގެ މުއްދަތު ވަނީ އިތުރުކޮށްދީފައި)
  •  ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުން
  •  ކޮންޓްރެކްޓަރު: ޖޭ.އެމް.ސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑް
  •  އިންވެސްޓްމަންޓް: 2.1 ބިލިއަން ރުފިޔާ
  •  މުއްދަތު: 22 އޮކްޓޯބަރު 2022 އިން 21 އޮކްޓޯބަރު 2025 އަށް
އައްޑޫ މަގުހެދުމުގެ މަސައްކަތުގެތެރެއިން: ގިނަ ކުންފުނިތަކަށް ވަނީ ޓެކްސްގެ މައާފު ލިބެން ފަށާފަ

ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ގޮތުގައި ހިމެނެނީ ހުޅުމާލޭގައި އަޅާ 4,000 ސޯޝަލް ހައުސިންގ ޔުނިޓްގެ މަސައްކަތް ބަހާލެވިފައިވަނީ މައިގަނޑު ދެ ކުންފުންޏަކަށެވެ އެއީ ޖޭއެމްސީ ޕްރޮޖެކްޓްސް އެވެ. މި ކުންފުނިން ވަނީ 2,000 ޔުނިޓް އަޅާފަ ސއެވެ. މި މަޝްރޫއުގެ އަގަކީ  137 މިލިއަން ޑޮލަރެވެ. އަދި އަނެއް ކުންފުންޏަކީ އެންބީސީސީ (އިންޑިއާ) އިން ވަނީ 2,000 ޔުނިޓް އަޅާފަ އެވެ. މި އިންވެސްޓްމަންޓުގެ އަގަކީ 130 މިލިއަން އެމެރިކާ ޑޮލަރެެވެ. 

އިސްތިސްނާ ލިބޭ ފެނާއި ނަރުދަމާގެ މަޝްރޫއުތައް

  •  ހއ، ހދ، ށ، ނ އަތޮޅު - ވިޝްވަރާޖް އެންވަޔަރަންމަންޓް / އަގު 268.9 މިލިއަން ރުފިޔާ
  •  ޅ، ކ، އއ އަތޮޅު - ޖޭ.އެމް.ސީ ޕްރޮޖެކްޓްސް / އަގު 201.4 މިލިއަން ރުފިޔާ
  •  އދ، ވ އަތޮޅު ޖޭ.އެމްސީ ޕްރޮޖެކްޓްސް - 205 މިލިއަން ރުފިޔާ
  •  މ، ފ، ދ އަތޮޅު - އެސްއެމްސީ އިންފްރާސްޓްރަކްޗާ / އަގު 309.2 މިލިއަން ރުފިޔާ
  •  ގއ، ގދ އަތޮޅު - ޓްރިވެނީ އިންޖިނިއަރިން / އަގު 331.6 މިލިއަން

މި ލިސްޓުގައި ހިމެނޭ އެހެނިހެން މަޝްރޫއުތަކަކީ  އައްޑޫ ސިޓީގެ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރަން ހަވާލުކުރި 
ވެން އޫޑް އިންޑިއާ ޕްރައިވެޓް ލިމިޓެޑަށް ދިން 1.3 ބިލިއަން ރުފިޔާގެ މަޝްރޫއާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޓާމިނަލްގެ ކޮންޓްރެކްޓަރު ސައުދީ ބިންލާދިން ގްރޫޕް ކުންފުންޏެވެ. މި މަޝްރޫއުގެ އަގަކީ 540 މިލިއަން ޑޮލަރެވެ. ދެން ހިމެނެނީ  ޗައިނާ ހާބަރ އެންޖިނިއަރިން އެވެ. އެ ކުންފުނިން ހިންގާ މަޝްރޫއުތަކުގެ އަގު 360 މިލިއަން ޑޮލަރަށް އަރަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.