އެމްއެންޑީއެފްއިން ބުނީ ރޯވެފައިވަނީ ކ. ގަމަރުގިރި ކައިރިން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއްގައި ކަމަށެވެ. މި ހާދިސާ ހިނގާ ގުޅިގެން ހުޅުމާލެ ފަޔާ ސްޓޭޝަނުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެމްއެންޑީއެފްއިން ބުނީ ރޯވެފައިވަނީ ކ. ގަމަރުގިރި ކައިރިން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏެއްގައި ކަމަށެވެ. މި ހާދިސާ ހިނގާ ގުޅިގެން ހުޅުމާލެ ފަޔާ ސްޓޭޝަނުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިހާރު އަލިފާންވަނީ ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް އެމްއެންޑީއެފުން ބުނީ އެ ދޯންޏަކީ ކުނި ބަރުކޮށްގެން ދަތުރުކުރަމުންދިޔަ ދޯންޏެއް ކަމުން، އެއްކޮށް އަލިފާން ނިއްވާލަން ވަގުތު ނަގާނެ ކަމަށެވެ.
ކުނި ބަރުކޮށްގެން އެ ދޯނި ދަތުރުކުރަމުން ދިޔައީ ތިލަފުއްޓަށެވެ.