މިނިސްޓްރީން މިއަދު ބުނީ ނިޔާވެފައިވަނީ ސަފާ ގުރޫޕާއި ހިޖާޒް ގުރޫޕުން އުމްރާއަށް ދިޔަ ދެ ފިރިހެނުން ކަމަށެވެ. ނިޔާވި ދެ މީހުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަވެފައިވާ ކަމަށްވެސް ބުންޏެވެ.

މި ބޮޑު ޗުއްޓީއާ ދިމާކޮށް އުމްރާއަށް ދިޔަ ދިވެހީންގެ ތެރެއިން ދެ މީހަކު ނިޔާވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މި ޗުއްޓީގައި 7000 އަށްވުރެ ގިނަ ދިވެހިން ވަނީ އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފަ އެވެ.
މިނިސްޓްރީން މިއަދު ބުނީ ނިޔާވެފައިވަނީ ސަފާ ގުރޫޕާއި ހިޖާޒް ގުރޫޕުން އުމްރާއަށް ދިޔަ ދެ ފިރިހެނުން ކަމަށެވެ. ނިޔާވި ދެ މީހުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަވެފައިވާ ކަމަށްވެސް ބުންޏެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެފައިވަނީ އުމްރާއަށް ދިޔަ އެންމެންގެ ހާލުވެސް ޖުމްލަކޮށް ރަނގަޅު ކަމަށެވެ.
ނަމަވެސް މިނިސްޓަރު ވިދާޅުވީ އެޑްމިޓްކުރެވިފައިވާ ބަލި މީހަކު ރާއްޖެ ގެނައުމުގެ މަސައްކަތް އާއިލާއާއިއެކީ ކުރަމުންދާ ކަމަށެވެ. އެ ބަލި މީހާ މިމަހުގެ 10 ވަނަ ދުވަހު މާލެ ގެނެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
މިނިސްޓްރީން ކުރިން ބުނެފައި ވަނީ މިދިޔަ ޑިސެންބަރު މަހާއި މިމަހު ރާއްޖެއިން 7726 މީހުން އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.