ރާއްޖޭގެ ޓެކްސް ދައްކާ ލިސްޓަށް އަލަށް 2,341 ފަރާތެއް

ތިންވަނަ ކުއާޓަރުގައި އަލަށް އަމިއްލަ 1,291 ފަރުދުންނާއި 707 ކުންފުނި ވަނީ ޓެކްސް ދައްކަން ރަޖިސްޓްރީވެފަ އެވެ.

ކުދިމެދު ފަންތީގެ ވިޔަފާރީގެ ބައެއް ތަކެތި މައުރަޒުގައި -- ބީސީސީ

ޓެކުސް ދައްކާ ފަރާތްތަކުގެ އަދަދު އިތުރުވުމުގައި ދެ މާނައެއް ނެގިދާނެ އެވެ. އެއް ގޮތަކީ އިގްތިސާދީ ހަރަކާތްތައް އިތުރުވުމެވެ. އަލަށް ރަޖިސްޓްރީވާ ފަރާތްތައް ގިނަވުމަކީ ގައުމުގެ އިގްތިސާދީ ހަރަކާތްތައް ފުޅާވަމުންދާކަމުގެ ނިޝާނެކެވެ. މާނައަކީ އަލަށް ވިޔަފާރިތައް ފެށުމާއި ވަޒީފާ އަދާކުރާ މީހުންގެ އާމްދަނީ އިތުރުވެ ޓެކްސް ދައްކަންޖެހޭ މިންވަރަށް ފެތުމެވެ. އަނެއް މާނައަކީ ވިޔަފާރިތައް ގާނޫނީ އިމުގެ ތެރެއަށް ވަނުމެވެ. ގިނަ ބަޔަކު ރަޖިސްޓްރީވުމަކީ ޓެކްސް އިދާރާގެ ގާނޫނީ އިމުގެ ތެރެއަށް ވިޔަފާރިތައް ވަންނަމުންދާކަމުގެ ހެއްކެކެވެ. މި ދެ ގޮތުން މާނަކޮށް ތިލަފަލުން ކިރުވި ނަމަވެސް މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ފެންނަން އޮތީ އަލަށް ޓެކްސް ދައްކާ ލިސްޓަށް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރާ ހަމައަށް 2,341 ފަރާތެއް ވަނީ ވަދެފަ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރުނު މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ރިޕޯޓް ދައްކާ ގޮތުން އެ ކުއާޓަރުގައި އަލަށް 2,341 ފަރާތެއް ޓެކްސް ދައްކަން ރަޖިސްޓްރީވެފައިވެ އެވެ. 

ޓެކްސް ދައްކަން އަލަށް ރަޖިސްޓްރީވި ފަރާތްތައް

  • އިންކަމް ޓެކްސް - 1,230 ފަރާތް
  • ޖީއެސް.ޓީ - 1,019 ފަރާތް
  • ގްރީން ޓެކްސް: 92 ފަރާތް
ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒުގައި ދިވެހި މަސައްކަތްތެރިކަން ދައްކާލަނީ -- ބީސީސީ

ކުއާޓަލީ ރިޕޯޓް ދައްކާ ގޮތުން އެންމެ ގިނަ ފަރާތްތަކެއް އަލަށް ރަޖިސްޓްރީވެފައިވަނީ އިންކަމް ޓެކްސްގަ އެވެ. އަދި މިދިޔަ ޓެކްސް ދައްކަން ރަޖިސްޓްރީވި މީހުންގެ އަދަދު ވަނީ 2024 ވަނަ ތިންވަނަ ކުއާޓަރާ އަޅާބަލާއިރު މިދިޔަ އަހަރު  %28.6 އިތުރުވެފަ އެވެ. ޓެކްސް ދައްކަން 2024 ގައި އަލަށް ރަޖިސްޓްރީވެގައިވަނީ 1,820 ފަރާތެކެވެ. 

އަލަށް ޓެކުހަށް 707 ކުންފުނި

ޓެކްސް ދައްކަން އަލަށް ރަޖިސްޓްރީވި ވަކިވަކި ދާއިރާތައް ބަލާއިރު އަމިއްލަ 1,291 ފަރުދުން ވަނީ ޓެކްސް ދައްކަން ރަޖިސްޓްރީވެ އެވެ. އަދި 707 ކުންފުނި ރަޖިސްޓްރީވިއިރު، ޕާޓްނާޝިޕްގެ ގޮތުގައި 187 ފަރާތެއް ހިމެނެ އެވެ. އަދި އެހެނިހެން 156 ފަރާތެއް ވެސް ހިމެނެ އެވެ. 

ރާއްޖޭގެ ޓެކުސް ދަފުތަރު - ރާއްޖޭގެ ޓެކްސް ދަފުތަރު ނުވަތަ ޓެކްސް ދައްކާ މީހުންގެ ލިސްޓުގައި ޖުމްލަ 55,273 ފަރާތެއް ހިމެނެ އެވެ. މީގެ ތެރޭގައި ހިމެނެނީ 35,420 ފަރުދުންނާއި 14,868 ކުންފުނި އަދި 4,228 ޕާޓްނާޝިޕް އަދި 141 ކޯޕަރޭޓްގެ އިތުރުން އެހެނިހެން 616 ފަރާތެއް ހިމެނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.