ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މިދިޔަ އާދީއްތަ ދުވަހު ފަޒީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި 2 ދައުވާއެއް އުފުލާފައިވާކަމަށެވެ. އެއީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީނަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މިދިޔަ އާދީއްތަ ދުވަހު ފަޒީންގެ މައްޗަށް ކްރިމިނަލް ކޯޓުގައި 2 ދައުވާއެއް އުފުލާފައިވާކަމަށެވެ. އެއީ ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.
ބްރޯޑްކޮމްގެ މުވައްޒަފަކަށް ޖިންސީ ގޯނާކުރިކަން ފެންމަތިވެ، ރައްޔިތުންގެ މަޖިލީހުން އޭނާ ވަކިކުރުމުގެ މަސައްކަތް ފަށައިފައި ވަނިކޮށް، މިދިޔަ އަހަރުގެ މާޗު މަހު އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.
ނަމަވެސް އޭރު ފަޒީން ވަނީ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. ފަޒީންގެ ވަކީލުންގެ ޓީމުން އޭރު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތުހުމަތު ކުރެވޭ ކަމަށް ބުނާ ބުނުމެއް ފިޔަވައި ގުޅުވައިލެވޭނެ އެއްވެސް ހެއްކަކާއި ގަރީނާއެއް ދެއްކިފައިނުވާ ކަމަށެވެ.